atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
އާޚިރުގައި އަތަށް ގޮވުންނޫންކަމެއް ޖާބިރަކަށް ނުވާނެ
 
31 ޖެނުއަރީ 2008
ޢަބްދުﷲ މުޢާޛް
image
ވިލިވަރުބިޔާދޫ ވާހަކައަކީ މިހާރު ރާއްޖޭގައި އެންމެ ހިނގާ އެއްވާހަކައެވެ. ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް އެތައްބަޔަކު ބިޑުހުށަހެޅި ދެރަށުގެ ކަންތައް ހިނގާފައިވަނީ ޢަދުލުވެރިގޮތަކަށޭ ބުނެވޭކަށްނެތެވެ. އެތައްބަޔަކު ބޮޑުޚަރަދުކޮށްގެން ހުށައެޅި ބިޑުތައް އިވެލުއޭޓުކުރީ ދުނިޔޭގެތާކު ދުވަހަކު ބަޔަކުނުކުރާހާ މޮޅަށްކަމަށް އޭރު ސަރުކާރުން އަޑުފެތުރިއެވެ. އެތައްބަޔަކު ފޭލިކޮށްލާ ދެފަރާތަކަށް ރަށްތައް ޙަވަލުކުރަން ނިންމީ ފިސާރި އަދުލުވެރިކަމާއެކުގައިކަމަށްވެއެވެ. ނަމަވެސް އެނިންމުމާހިތްހަމަނުޖެހިގެން ޝަރީޢަތައްގޮސް ކޯޓުއަމުރުނެރެ މަސައްކަތްހުއްޓުވާ ބޮޑުކަންތައްގަޑަކަށް އެކަންވެގެން ދިޔައީ އަބްދުﷲ ޖާބިރު ކެނޑިނޭޅި ހުށަހެޅި ޝަކުވާތަކާއި އުފުލިދަޢުވާ ތަކާ ހުރެއެވެ. މިކަންތައްގަޑު މިހާރު އޮތް ހާލަތަށް ދިޔައީ ޢަބްދުﷲ ޖާބިރު ޔާމީނުގެ ނިވަލުގައި ހުރެގެން ސަރުކާރުގެ މައްޗަށް ފޯރުވަމުންދިޔަ ބާރާއި ނުފޫޒުގެ ސަބަބުންނެވެ.

އަބްދުﷲ ޖަބިރަށް އަދުލުގެވެރި ބަދަލު ދިނުމަށް ނިންމިނިންމުމާއިގުޅިގެން މިހާރު މިވަނީ އިތުރު މައްސަލަތައް ކުރިމަތިވެ ނުނިކުމެވޭވަރަށް ވައުވަދެފައެވެ. ހުށައެޅި އެތައްބިޑެއްގެ ތެރެއިން ވަކިދެތިން ބިޑެއް އަލުން މުރާޖަޢާކުރިކުރުންވީ އެކަމަށް ކުރިމަތިލީ އެހެންމީހުންގެ ޙައްޤުތަކަކަށް އަރައިގަތުންކަމަށެވެ. ނަމަވެސް އެމީހުންގެ އަޑުއެހުމެއްނެތި ޖާބިރަށް ބަދަލުގެ ގޮތުގައި ދޭންކަނޑައެޅި ދެރަށަކީ އެދެރަށެއް ހޯދުމަށް ބިޑުކުރި ދެރަށަށްވުރެ އެތައްގުނައެއްބޮޑު ހަމަހަމަކަމެއްނެތް ދެރަށަށްވެގެން، އެހެން ދެރަށެއް ހުށައެޅުމުން ޖާބިރުބޮޑާހާކާ އެއިންރަށަކާ ހަވާލުވުމަށް ދެކޮޅުހަދާހެދުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.

ޙަޤީޤަތުގައި ބަޔެއްގެ އިހުމާލުން ލިބޭގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެބަޔެކެވެ. ދޭންޖެހޭ ޢަދުލުވެރިބަދަލެއް ނަގައިދޭންޖެހޭނީ އިހުމާލުވީބައެއްގެ އަތުންނެވެ. ދައުލަތަކުންނޫނެވެ. ޢަދުލުވެރިބަދަލުގެނަމުގައި ދައުލަތުން ރަށެއް ޖާބިރަށް ދީގެންނުވާނެއެވެ. އަނެއްކޮޅުން ފޭލިވެފައިވާ އެހެން ބިޑުތައް މުރާޖަޢާނުކޮށް ޖާބިރުގެ އެކަންޏަށް ޢަދުލުވެރިބަދަލެއް ދެވިދާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ފޭލިވެފައިވާ ބިޑުތަކުގެތެރޭގައި މާއެކަށީގެންވާ ބިޑެއްވެސް ނޯންނާނެކަމަށް ގަބޫލުކުރެވޭވަރަށްވުރެ އިވެލުއޭޓުކުރުމުގައި އިހުމާލާއި އޮޅުވާލުން ހިންގާފައިވަކަމަށް ބެލުމުގެ ފުރުޞަތުއެބައޮތެވެ. ހުށައެޅުނު ހުރިހާބިޑު އަލުން މުރާޖަޢާނުކޮށް ޖާބިރަށް ރަށެއްދިނުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.

ޢަބްދުﷲ ޔާމީނުގެ ހިޔަނީގައި ހުރެގެން ނުޙައްޤުން ރިސޯޓުތައް ހޯދާ ބާރުގަދަކުރަން އުޅޭއުޅުމަކީ ހުއްޓުވަންޖެހޭނެކަމެކެވެ. އަންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް މައުމޫނުބޮލަށް ސަވާރުވެގެން ހައްޤުނޫން އެއްޗެއް ޖާބިރުހޯދަން އުޅޭއުޅުން ހުއްޓުވަންޖެހެއެވެ. މުޅި ޤައުމުގައި ޖަބިރުމެންގެ ހަންފެތުރުން ހުއްޓުވާ ސައިޒަށް ތިރިކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެކެވެ.

މިފްކޯގެ ތިޖޫރީތަކުން ވަގުނޫޓުހިލި މަސްވެރިންނަށް ޣައްދާރުވީ ބަޔެއްގެ ތެރޭގައި އިސްވެރިޔަކަށް ހުރެފައި ކުއްލިގޮތަކަށް އިސްތިޢުފާދީ އެއްފަރާތްވުމަކުން ޖަވާބުދާރީވާންނުޖެހޭނެގޮތެއް ނޯންނާނެއެވެ. މަކަރާ ހީލަތުން ޤައުމުގެ މިލްކިއްޔާތު އަތްދަށުލުމަށް އެއްވެސް މީހަކަށް ފުރުޞަތުދީގެނެއް ނުވާނެއެވެ. އަދުލުވެރިބަދަލޭ ކިޔަސް، މަކަރާހީލަތޭކިޔަސް ފަރުވާލެއްނެތެވެ.

ކްލަބުވެލެންސިޔާއަށް ހުވަފެންދައްކައިގެން ރާއްޖޭގެ ޒުވާނުން އަތްދަށުލުމަށް ޖެހިމަރުސަކަރާތުގެ ހުރިހާ ގެއްލުމެއް އެވަނީ އެކުލަބަށެވެ. އަނެއްކޮޅުން އަމިއްލަ ޕްރޮޕެގެންޑާ މެޝިނަކަށް ފިއެސް މަޖައްލާހަދައިގެން ނޫސްވެރިކަން ހިޞާރުކުރަން ފޫގެޅިޔަސް އާޚިރުގައި އަތައްގޮވުންނޫންކަމެއް ޖާބިރަކަށް ނުވާނެއެވެ. ކުޅިވަރާއި ނޫސްވެރިކަމަކީ ޖާބިރުމެންކަހަލަ ފަސާދައިގެ އަހުލުވެރިންނަށް އޭގެން އެއްވެސް ފައިދާއެއް ކުރާނެ ތަކެއްޗެއްނޫނެވެ. ޢަމްދުން އެތަކެއްޗާއެކު ޖާބިރަށް ޓޮލަރޭޓުކުރެވުމަކީ ވާނެކަމެއްނޫނެވެ. ފަސާދައިން އެއްކިބާވެ ހުރެގެންނޫނީ ކުޅިވަރާއި ނޫސްވެރިކަމުގައި ހިފަހައްޓައެއްނުލެވޭނެއެވެ. ކިތަންމެ ވަރުގަދަ ޤާނޫނީވަކީލަކު އަނތްބަކަށް އިނަސް ދަމާކެނޑުން ކަށީގައި ހިފާފައިހުރުމުން އަބަދުވެސް ޖެހޭނި ދަމާކަނޑާށެވެ. ޑީލްތައް ހޯދަންޖެހޭނީ ކޯޓުދޮރުމަތިންނެވެ. އިތުބާރުހުރި އެއްވެސް މުޢަމަލާތެއް ކުރެވުމަކީ މުސްތަޙީލުކަމެކެވެ.

 

02 ފެބްރުއަރީ 2008
ޖާބިރަކީ ކާކުކަން ނޭނގޭމީހަކު މަދުވާނެ. ހައްގުހޯދުމުގެ ވާހަކަދައްކާއިރު ފުރަތަމަ ގއ. ގައި ތިހަދާރަށުގައި މަސައްކަތްކުރުވާ މީހުންނަށް ބަރާބަރަށް މުސާރަދޭންވީނުން. ކުލަބް ވެލެންސިޔާއަށް ކުރަންބުނި ޚަރަދު ކުރަންވީނުންދޯ.‫ ޖާބިރަށް ބަދަލުދެންޏާ މިގައުމުގައި ބަދަލުދޭންޖެހޭމީހުން ވަރަށްގިނަވާނެކަން ދަންނަން ޖެހޭނެ.‫ތިފަށަންއުޅެނީ އަދުލުގެ ބަދަލުގެ އާސިލްސިލާއެއް.
02 ފެބްރުއަރީ 2008
ވަރަށް ރަގަޅު ވާހަކައެއް.‫ ކޮއްކޯފުޅުގެ ބާރު ބޭނުންކޮށްގެން އެއުޅެނީ ނުހައްގުން ރަށެއް ހޯދަން.‫ ބަލަންތިބޭތި ވާގޮތް.‫ މައުމޫނު ތިރިވާނެ ޔާމިނުގެ ފައިބުޑަށް.‫ މިސަރުކާރުގެ ދަށުގަ އިންސާފަކީ ކޯއްޗެއްކަން ދިވެހިންނަށް ވިސްނިއްޖެޔާ ކިތަންމެހާވެސް ރަގަޅު.‫ އިންތިހާބުގައި ފްރިޖަކަށް ނޫނީ ފެންޕަންޕަކަށް ނޫނީ 500 ރުފިޔާއަށް ވޯޓު ވިއްކާލީމާ އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ރައްކާތެރިކުރެވުނީ!
 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd