atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
ސަރުކާރު ބަދަލުކުރެވޭނީ ސިޔާސީ ޕާޓީއަކާ ގުޅިގެންކަމަށްވާނަމަ އެކަންވެސް ކުރާނަން:ޑރ.ހަސަން ސައީދު
 
29 ޖެނުއަރީ 2008
އިސްމާއިލް ޙަސަން - ހާމަނޫސް
image
ކުރީގެ ބަންޑާރަނާއިބު އަދި ނިއުމޯލްޑިވްސް މޫވްމަންޓްގެ މެމްބަރ ޑރ.ހަސަން ސަޢީދު
މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު ބަދަލުކުރުމަށްޓަކައި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ އެކަން ކުރައްވަންވެސް ތައްޔާރަށް ހުންނެވިކަމަށް ކުރީގެ އެޓަރނީ ޖެނެރަލް އަދި ނިއުމޯލްޑިވްސް މޫވްމަންޓްގެ މެމްބަރ ޑރ.ހަސަން ސަޢީދު ވިދާޅުވެއްޖެއެވެ. ޙަސަން ސަޢީދު މިހެން ވިދާޅުވީ، އެމަނިކުފާނު ސިޔާސީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނޭކަމަށް ދެކެވެމުންދާ ވާހަކަތަކާއިގުޅިގެން "ހާމަ" ނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޑރ. ޙަސަން ސަޢީދު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނެކަމަށް ބަޔަކު ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައިނުވާނެކަމަށާއި، އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ މިހާރު މިއޮތް ސަރުކާރު ބަދަލުކޮށް މިއަށްވުރެ އިންސާފުވެރި ސަރުކާރެއް ގެންނަންކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެން ކަމަށްވިޔަސް އަދި ގުޅިވަޑައިނުގެންކަމަށްވިޔަސް އެގޮތަށް އެކަންކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ޤާނޫނީ ހުދޫދުގެ ތެރެއިން އެކަން ކުރެވެންއޮތް އެންމެ ރަނގަޅުގޮތަކަށް ކުރައްވާނެކަމަށްވެސް ޑރ.ހަސަން ސަޢީދު ވިދާޅުވިއެވެ. "ސިޔާސީ ޕާޓީއަކާ ނުގުޅޭނަމެކޭ އަޅުގަނޑު ނުދަންނަވަން. އަޅުގަނޑު ދަންނަވާފަ އޮންނާނީ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިއުޅެނީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައޭ. ސަރުކާރު ބަދަލުކޮށްފަ މިއަށްވުރެ އިންސާފުވެރި ސަރުކާރެއް ގެންނަންވެގެންނޭ. އެކަން ކުރެވޭނީ ސިޔާސީ ޕާޓީއަކާ ގުޅިގެން ކަމަށްވަންޏާ އެކަންކުރަންވެސް މިހިރީ ތައްޔާރަށް. ނޫނީ އެކަން ކުރެވޭނީ ސިޔާސީ ޕާޓީއަކާ ނުގުޅިކަމަށް ވަންޏާ ސިޔާސީ ޕާޓީއަކާނުގުޅިއޭ އެކަން ކުރާނީ"  ޑރ.ހަސަން ސަޢީދު މިއަދު ވިދާޅުވިއެވެ.

ހަސަން ސަޢީދު ވިދާޅުވީ، އެންމެ އިސްކަމެއްދެއްވަނީ ޤާނޫނީ ހުދޫދުގެ ތެރެއިން ސަރުކާރު ބަދަލުކުރުންކަމަށާއި، މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތުގެމަތިން އެންމެ ރަނގަޅަށް އެކަން ކުރުމަށް ކަމަށެވެ. "މިހާރު މިއޮތް ސަރުކާރު ބަދަލުކުރެވޭނެ އެންމެރަނގަޅު ގޮތަކަށް އެކަންކުރަން އަޅުގަނޑުމެން މިމަސައްކަތް ކުރަނީ. އަޅުގަނޑަށް މުހިންމީ އެކަންކުރާ ގޮތަކަށްވުރެ ބޮޑަށް އެކަން ކުރުން. ޤާނޫނީ ހުދޫދުގެ ތެރެއިން އެކަން ކުރެވޭނެ އެންމެރަނގަޅު ގޮތަށް އެކަންކުރަން އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ " ޑރ.ހަސަން ސަޢީދު ވިދާޅުވިއެވެ.

ސަރުކާރު ބަދަލުކުރުމަށްޓަކައި އެކަމާއި ކުރިމަތި ލެއްވުމަށްޓަކައި ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ އެކަން ކުރައްވާނޭކަމަށް ވިދާޅުވުމުން، އެގޮތުން ގުޅިވަޑައިގަންނަވާނީ ކޮން ޕާޓީއަކާއިތޯ ނުވަތަ ގުޅިވަޑައިގަންނަވަން ޤަސްދު ކުރައްވަނީ ކޮން ޕާޓީއަކާއިތޯ ސުވާލު ދެންނެވުމުން، ގުޅިވަޑައިގެންފާނެ ވަކި ޕާޓީއެއް ޑރ. ޙަސަން ވިދާޅެއްނުވެއެވެ.

ޑރ.ހަސަން ސަޢީދުއާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއާއި ގާތްގުޅުންތަކެއް އޮންނާތީ، އެޕާޓީއާއި ގުޅިވަޑައިގެންފާނެކަމަށް ޙަސަން ސަޢީދަށް ތާޢީދުކުރާ ވަރަށްގިނަބަޔަކު ވާހަކަ ދައްކައެވެ.  އަދި ޙަސަން ސަޢީދަށް އެމްޑިޕީން މަރްޙަބާ ކިޔާނޭކަމަށް އެމްޑީޕީގެ ޗެއަރޕަސަން އަންނިވެސް ތަންކޮޅެއްކުރިން މިނޫހަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

ވަގުތީ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތަށް ޤާއިމްކޮށްފައިވާ ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައިވެސް އެމްޑީޕީންވެސް އަދި ޑރ. ޙަސަން ސަޢީދުވެސް ގެންދަވަނީ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.

ގިނަޕާޓީތައް ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިޚާބު މިއަހަރު ބާއްވަން ތައްޔާރުވަމުންދާއިރު، މިއިންތިޚާބުގައި ރައީސް މައުމޫނާއި ވާދަކުރައްވާނޭކަމަށް ޑރ.ހަސަން ސަޢީދުވަނީ އިޢްލާންކުރައްވާފައެވެ. ހަމައެއާއެކު އައިޑީޕީން ޢުމަރު  ނަސީރާއި، ސޯޝަލް ލިބަރަލް ޕާޓީން އިބްރާހިމް އިސްމާޢިލްވެސްވަނީ ވާދަކުރައްވާނޭކަމަށް އިޢްލާން ކުރައްވާފައެވެ. މިއެންމެ ބޭފުޅުންނަކީވެސް ގުޅިފައިވާ އިއްތިޙާދުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެހެންކަމުން، ރައީސް މައުމޫންގެ 30 އަހަރުވީ ވެރިކަމަށް ނިމުން ގެނައުމަށްޓަކައި މައުމޫނާއި ވާދަކުރުމަށްޓަކައި އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން، އެއްކެނޑިޑޭޓް ނެރުމުގެ ޚިޔާލެއްވެސް އެބައުޅޭކަމަށް އެމްޑީޕީގެ ރައީސް ޑރ. މުނައްވަރު މިނޫހަށް ކުރިން ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd