atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
adam
މައުމޫނަށް ކުރިމަތިނުލެވޭ ގޮތްވީމާ، ދެންވާނީ ކިހިނެއް؟
 
19 ޖެނުއަރީ 2008
މުޙަންމަދުނަޞީރު، އއ.މާޅޮސް
image
"މިޤާނޫނުއަސާސީގެ ދަށުން" މިރީތި އަސަރުގަދަ ހެޔަންބޯއަރަތުގެ ސަބަބުން، ދެން ދުވަހަކުވެސް، މައުމޫނަށް، ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތްވީއެވެ. މިމައްސަލާގައި މިހާރު "ގޭތެރެއަށް ސިޔާސަތުވަދެއްޖެ" ކަމަށް ނުރަސްމީ ޚަބަރުތައް ބުނެއެވެ. "މިއީ، ކަލޭގެ ތިމާގެ މީހުން މަށަށްދޭ ބޮނޑިއޭ" ބުނެ، އަނބިމީހާއާ ދިމާއަށް ހެއްދިވިނުހެއްދެވި ގޮވައިފިކަމަށްވެއެވެ. މިހެންވުމުން އެނގޭއެއްޗަކީ، ކިތަންމެ ރީތި ބަސްތަކަކުން، "ކުރިމަތިލެވޭތީ" މަރުޙަބާކިޔަސް، ކުރިމަތި ނުލެވޭނެކަމަށް ހިތުގެ ޢުމުޤުން ގަބޫލުކޮއްފިކަމެވެ. މިމައްސަލާގައި ކަންހިނގާނެ ގޮތުގެ މައްޗަށް، އާއުދަރެސްތަކުގައި ހުރި ކުލަތައްދައްކާ މަނާޒިރު މިތާގައި ސޫރަކޮއްލަމެވެ.

ހަމަޔަގީނުންވެސް، "ފައިތިލަފުޅާއި، އަތްތިލަފުޅާއި، ކޯފުޅު ދޮވުނުފެންތިކެއް ނަމަވެސްލިބޭތޯ" ތެޅި މަރުވާ، އަދި ޚުޝާމަދުކުރާ "އަޅުންތައް" ނޯށުންރޮއި، ނުކުޅެދިގަތުންފާޅުކޮށް، ދެލޮލުން ގޮބޮޅި ވަރުގެ ކަރުނަތިކިތަކެއް އޮއްސާނެއެވެ. ދެން މީގެފަހަކުން ކޯރަމް ހަމައެއްނުވާނެއެވެ. ހަމަވިޔަސް 57 ގައި ބަހައްޓައިގެން، އެއްވެސްކޮޅަކަށް ވޯޓްނުދީ ތިބޭނެއެވެ. މިގޮތަށް ގޮސް، ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ ނިޔަލަށް ދައްމާލާނެއެވެ. ސެޕްޓެމްބަރ 11 އަކީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ފަށަންޖެހޭ މުއްދަތެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް އިޢުލާންކޮށް، ކުރިމަތިލައިނިމުމުން (ނުވަތަ "ބޮޑުކާފު" ޖަހާނިމުމުން) ދެންއެވީ، ޤާނޫނުއަސާސީ ނިންމާށެވެ. އޭރުން، "މިޤާނޫނުއަސާސީ"ގެ ދަށުން ކުރިމަތިލީކަމަކަށް ނުވާނެތާއެވެ. ތަޞްދީޤުކުރާނީ 11 ނޮވެމްބަރުގައި ހުވާކޮށް ނިމުނީމައެވެ. އޭރުން އެއްކަލަ "މިޤާނޫނުއަސާސީ"އޭ މިކިޔާ ފަށުއި ޢިބާރާތް އޮންނާނީ 2018މ. ވަނައަހަރުުގެ އަނެއް ފަރާތަށް ގޮސްފައެވެ. މިހެންނޫނީ، ދެންއޮތީ ތަޞްދީޤުނުކުރުމެވެ.

ފެބްރުއަރީ މަހުތެރޭ، ޤާނޫނުއަސާސީ ތަޞްދީޤުކުރާން ހުށަހެޅުމުން، ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ، ޤާނޫނުއަސާސީ ފާސްކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމުގެ ރެފަރެންޑަމަށް ދިއުމެވެ. ސިޔާސީ ނިޒާމުގެ ރެފަރެންޑަމް ސަޤާފަތުގައެވެ. މިވޯޓް ނިމޭއިރު، ނުފެންނަބައި ބޮޑުވެއްޖެނަމަ، އިޞްލާޙާއެކު އަލުންވިސްނުމަށް ފޮނުވާނެއެވެ. "11 މެމްބަރުންގެ ކޮމިޓީގެ ރޫޙު" އަލުންތެދުވެ، މިރެފަރެންޑަމްވެސް، ޤާނޫނުއަސާސީ ޑްރާފްޓާ އެއްގޮތަށް ފާސްކުރަން ނުފެންނަބައި ބޮޑުކޮއްލާނެއެވެ. އަލުންވިސްނާ ޖަލްސާގައި "ބޮޑުވެގެންވާ މެޖޯރިޓީ" ޑީއާރުޕީގައި އޮތީތީވެ، ރައީސަށް ފެންނަ އިޞްލާޙާއެކު، ޤާނޫނުއަސާސީ ފާސްވާނެއެވެ. ތަޞްދީޤުކުރުމުގެ ދެވަނަގޮތަކީ ހަމަމިއުސޫލުން އިޞްލާޙާއެކު އަނބުރާ ފޮނުވުމެވެ. މިއިންކޮންމެ ގޮތެއްގައިވެސް އެކޮޅެއް ގަދަކުރަން 76 ވޯޓް ހޯދަން އެބަޖެހެއެވެ. ރައީސްގެ އިޞްލާޙާއެކު ފާސްވާނީ، ޑީއާރުޕީ ސައިޑުގައި (ޕީއޭ. ލައިގެންނަމަވެސް) 76 އޮތިއްޔާއެވެ. ޑްރާފްޓް ފާސްކޮށް، ރައީސްގެ އިސްލާޙު އެއްލާލަން ނިންމޭނީ، އިދިކޮޅު އެލަޔަންސަށް 76 ލިބުނިއްޔާއެވެ. ނުލިބިއްޔާ "މިޤާނޫނުއަސާސީ" އޭމިކިޔާ ފަށުއި ތަންކޮޅު އޮންނާނީ 2018މ. ގެ އަނެއްފަރާތަށް ގޮސްނިމިފައެވެ. ބޮޑަށް ފާޑީ ޤާނޫނުއަސާސީ ހަދައި ނުނިންމުމާއެވެ.

ސެޕްޓެމްބަރ 11 އިންފެށިގެން ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރާންޖެހޭއިރު، ފުރަތަމަވެސް އޮންނާނީ ރައީސްކަމަށް ކުރިމަތިލާ މީހުން ސިޓީފޮނުވައި ބިޑްހުށަހެޅުމަށް އިޢުލާން ކުރުމެވެ. އޭރު އޮންނާނީ "މިޤާނޫނުއަސާސީ" ނުނިމި ނުވަތަ ތަޞްދީޤު ނުކޮށެވެ. އެހެންވެ، ނޫބޭރުގަނޑުލީ ދުސްތޫރުގެ ނަމޫނާ ޑިމޮކްރަސީ އަންގާ ގޮތުގެމަތީން ހަތްވަނަ ދައުރަށް މައުމޫނުވެސް ކުރިމަތިލާނެއެވެ. ދެން ސެޕްޓެމްބަރ ފަހުކޮޅު އަސާސީ ފާސްކުރާނެއެވެ. ތަޞްދީޤުކުރާނީ ނޮވެމްބަރ 11 ގައެވެ. އޭރުން "މިޤާނޫނުއަސާސީ" އޮންނާނީ 2018 ގެ އަނެއް ފަރާތަށް ގޮސްފައެވެ. ދެންއޮތީ، މިހާރުވެސް ހިންގާ ގޮށްމުށުބާރުު ހިންގުމެވެ.

ގޮށްމުށުބާރު ހިންގުމުގެ ތެރޭން "މިޤާނޫނުއަސާސީ" އަކީ، މިހާރު "އިބްރާވެރިކަމަަށް އަރަން" މިޑްރާފްޓްކުރި ޤާނޫނުއަސާސީއޭ ބުނެ، މައުމޫނުވެސް (ޑރ.ޙަސަން ސައީދާއި، ޑރ.ވަޙީދާއެކު) ބިޑްހުށަހަޅަންވީއެވެ. އޭރު، އިލެކްޝަންގައި ކޮމިޝަނަރާއި މުޤައްރިރަށް ތިބޭނީ ކދ.އާއި މޫސާ ނިޒާރެވެ. ޖުޑީޝަލްއާއި ހައިކޯޓާއި ސްޕްރީމްގައި ހުންނާނީ ފުވައްމުލަކު ޝޭޚެވެ. ދެން އޮންނާނީ، އިންތިޤާލީ ޖަމާޢަތުން "ޢަދުލު އިންސާފަށް" ދިއުމެވެ. ދިވެހިރާއްޖޭގައި "ޢަދުލުއިންސާފު ޤާއިމްކުރުމުގެ ވެރިޔަކީ" ރައީސުލްޖުމްހޫރިއްޔާއެވެ. "މިޤާނޫނުއަސާސީ"ގެ މާނަ ޢަދުލުއިންސާފު މަގުން އޭނާ ތަރުޖަމާކުރާގޮތް އޭރު އޮންނާނީ ހާމަވެފައެވެ. އެހިސާބުން ކޮމަަންވެލްތާ ގުޅައިވެސްއުޅޭނެއެވެ. އެޖަމާޢަތުން ބުނާނީ "ދާޚިލީކަމެކޭ ހޯހޯއެވެ." މިހެންވާއިރު އޮންނާނީ ޤާނޫނުއަސާސީ ތަޞްދީޤުވެސް ކޮއްފައެވެ.

ޤާނޫނުއަސާސީ ތަޞްދީޤުކޮށްގެން، އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ކަންކަންހަމަޖެހި ފަހަރެއްގައި މައުމޫނު މުޅިން ބާކީވެދާނެއެވެ. ކުރިމަތިނުލެވޭގޮތް މުޅީން ކަނޑައެޅި ދާނެއެވެ. އެހެންވެއްޖިއްޔާ ޖެހޭނީ ޑީއާރުޕީގެ އަސާސީ ގަވައިދު އިޞްލާޙުކުރާށެވެ. ނާއިބުޒަޢީމަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ގޮތްހެދުމަށެވެ. އެޙާލަތުގައި، އިސްވާނީ އެންމެ ގިނަވޯޓްލިބުނު ނައިބު ޒަޢީމެވެ. ތަސްމީނެވެ. އެހިސާބަކީ، ކާއްޓެއް ބިނދެލިހެން ޑީއާރުޕީ ހަމައަށް ދެފަޅިވާ ހިސާބެވެ. އަނެއްކޮޅުން ބަލާއިރު، ޒަޢީމަކަށް އެހެންމީހަކު ހޮވާގޮތަށް ހަމަޖެހުނީއެވެ. އާޒަޢީމަކަށް ހޮވޭނީ ހަމަ ތަސްމީނެވެ. އެންމެ ޤާބިލް އެންމެ ޝަޚްޞިއްޔަތު ހުރި އެންމެ ތާއީދުބޮޑު ލީޑަރަކީ އެއީއެވެ. އެހިސާބުން، ޕީއޭ. އައިސް ތަސްމީނުގެ ރިޔާސަތާ ގުޅާލަފާނެއެވެ. އެފަރާތުން (އެއްފަރާތް) ބޮޑުވާއިރު، އަނެއްފަރާތުން (އެއްފަރާތް) ކެނޑިގެންގޮސް ޑީއާރުޕީ ބައިވާނެއެވެ. މިއިންއެއްގޮތެއްގައިވެސް ކާމިޔާބެއްނެތެވެ. އޮތްގޮތަކީ ހަމަ މައުމޫނު ކުރިމަތިލުމެވެ.

މައުމޫނު ކުރިމަތިލައި "އިންސާފުވެރި އިންތިޚާބެއް" ބާއްވަންވީއެވެ. ދެފުށްކެހެރިޔާއި، ފޮށިމަތީ ބަނޑުއެޅުމާއި، ތަޅުހުޅުވުމާއި، އެކަކުދެވޯޓްލުމާއި، ބާކީކަރުދާހާ، ލިޔުނުކަރުދާހާ، ލިސްޓްތައް ރައްކާކުރުމާއި، މަޖްބޫރުކުރުމާއި، ރިޝްވަތުދިނުން މުޅީން ނިމުމަކަށް ގެންނަންވީއެވެ. ދެން، އެބުނާ 90 ޕަސެންޓް ބުރަކަށިމަތީގައި އޮތިއްޔާ އެނގިދާނެއެވެ. ހަމައެގޮތަށް، އިންތިޤާލީ ސަރުކާރެއް ޤާއިމްކޮއްފައި، މައުމޫނުވެސް، ޑރ.ހަސަނާ، ޑރ.މުނައްވަރާ، ޝޭޚު ހުސެން ރަޝީދާ، އުމަރާ، އިބްރާޔާ، ޑރ.ވަޙީދާ އެކުގައި ކުލީ ލޯންޗުގައި ކެމްޕެއިން ދަތުރުފަތުރުކޮށް، އެންމެން އެއްފަސްމަތީގައި ހިނގައި، އެއްފަސްވުމަށްފަހު ދެން ރިޔާސީ އިންތިޚާބު ހުރިހާ ޕާޓީގެ ބެލުމުގެ ދަށުން ބާއްވަންވީއެވެ. 30 އަހަރުން ހޯދުނީ ތާއީދުތޯ ނަފްރަތުތޯ، ރުހުންތޯ ނުރުހުންތޯ އެއިރުން އެނގިދާނެއެވެ. ހޮވޭނީ މަޤްބޫލް މީހެކެވެ. އެއީކީ މައްސަލައެއްނޫނެވެ.

މައްސަލައަކަށްވާނީ، ޒަޢީމަށް ކުރިމަތިނުލެވޭގޮތަށް މިއަހަރު ރިޔާސީ އިންތިޚާބު ބާއްވަންޖެހުމެވެ. އޭރުން "ނަގޫރޯޅި" ފަތުރާ ދޮގު ޕްރޮޕަގެންޑާ ރޭހުރިބަތްޕެނަށްވެ، ޑިކްޓޭޓަރުންގެ އުދާހަށް ފިނިކުރާނެ ފަންކާއެއް ނުލިބި، ޚުޝާމަދުތައް ހުއްޓުމަަކަށް އައިސް، ޕީއޭ.ގެ މަޤްޞަދު ޙާޞިލްވެ، ޑީއާރުޕީ މުޅީން ފުނޑުފުނޑުވެ، ފޮށިމަތީ ބަނޑުއަޅައި، ރަސްގެތައް ހެޔޮފާހަގައަށް ހެދި ކަތީބުންތަކުގެ ރޫޙުއެލިި، ބައިފުށަށްހިފައިގެން ވަޒީފާގެ ކުރިއެރުމާއި ވަޒީފާ މިލްކުކުރި ބޮޑުންތަކުގެ ހިތްވަރުގޮސް، ބޮޑުވާންވެގެން ޑީއާރުޕީ ގޮފިހެދި ގަބުޅިންގެ މަޤްޞަދުފެންވެ، މިނިސްޓަރުންތަކާއި، ސަފީރުންތަކާއި ނައިބުންތައް، ކަފުނާއި ކަފަޔާއިފިލާ ހިފައިގެން އާސަހަރާކައިރިއަށް ޖަމާވެ، ޖަލުން އަނިޔާދޭ ޖައްބާރުން ލަގެޖްހިފައިގެން އަތޮޅުވެއްސާދިމާ މޫދު ފެންނަ ހިސާބަށް އެއްވެ، ސިވިލްސާވިސް އޮތިއްޔާ ކަމެއްނުވާނެއޭ ގޮވަމުން އަނެއްބަޔަކު ޑީއާރުޕީއިން ކެނޑި، ދެން، ކުޑަވަރެއްގެ ގިޔާމަތެއް ލައިގަންނާނެއެވެ. އެދުވަސްވެސް ދައްކަވައިފާނެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd