atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
ޞަލީބަކާއި ހަތްބޯރާހި ހިމެނޭ ލަޤަބު މައުމޫނު ރާއްޖެ އެތެރެކޮށްފައިވާތީ ޚާއްޞަމަޖިލީހުގައި އެކަން ކުށްވެރިކޮށްފި
 
17 ޖެނުއަރީ 2008
ހާމަ
image
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު "ޖީ.ސީއެމް.ޖީ" (ޞަލީބާއި، ހަތްބޯރާހި ހިމެނޭ) ލަޤަބު އެތެރެކޮށްފައިވުމުން އެކަން ރައްޔިތުންގެ ޚާއްޞަމަޖިލީހުގައި ކުށްވެރިކޮށްފިއެވެ. ރައީސް މައުމޫނު ޖީ.ސީއެމް.ޖީ.އާއި ހަވާލުވެވަޑައިގެންފައިވަނީ 1997 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ޖީ.ސީއެމް.ޖީ.އާއި ރައީސް މައުމޫނު ހަވާލުވެވަޑައިގަތުމަށްފަހު، އެލަޤަބު ރާއްޖެ އެތެރެކުރި މައްސަލަ ކުށްވެރިކުރައްވައި ދ.އަތޮޅު މެމްބަރު މުޙައްމަދު ރިޔާޒު ވިދާޅުވެފައިވަނީ "އަޅުގަނޑުމެން ރާއްޖެއަށް އެތެރެކޮށްފައި މިއޮތް ލަގަބަކީ ފަލަސްޠީނުގެ މުސްލިމް އަޚުނާއި ދެކޮޅަށް އެބައިމީހުން އަޅުވެތިކޮށް އެތާނގެ މުސްލިމް އަޚުން ނެތިކޮށް އެމުޤައްދަސް ބިމުން އިލާހީ ނޫރު ނައްތާލުމަށް މީލާތީ 1191 ން 1192 ން ނަޞާރާއިން ވަރަށް ވަރުގަދަ ލާއިންސާނީ މުޑުދާރު ޖަރީމާތަކެއް ހިންގި. އެފަހަރު އެމީހުންގެ ވެރިއަކަށް ހުރި މީހާ ހަނގުރާމައިގެ މުސްލިމުންގެ މައްޗަށް ނަޞްރަށް އެދި ނަޞާރާ ފާދިރީ ޖޯޖްގެ ނަން ބޭނުންފުޅު. ހަމަ އެނަޞާރާ ވުޑް ފާދިރީ ޖޯޖްގެ ނަމުން ނަންދެވިފައިވާ ޖީ.ސީއެމް.ޖީގެ ނަން މަޝްހޫރު ބޮޑު ލަޤަބު ވަނީ ރައީސުލްޖުމްހޫރިިއްޔާގެ އޮފީހުގައި ނުވަތަ ރިޔާސީ ގަނޑުވަރުގައި ފޮރުވާފައި. މިލަޤަބު ރާއްޖެއަށް އެތެރެކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމު" ކަމަށެވެ.

ރައީސް މައުމޫނު އެތެރެކޮށްފައިވާ ލަޤަބުގައި ހުރިކުރެހުންތަކާއި އޭގައިހުރި އެއްޗެހީގެ ތަފްސީލު ދެމުން ދ.އަތޮޅު މެމްބަރު މުހައްމަދު ރިޔާޒު ވިދާޅުވެފައިވަނީ "މި ޞަލީބުގެ އެއްފަރާތުގައިވާ ކުރެހުމަކީ ފާދިރީ ޖޯޖް ޝައިޠާނާ އޮބަހައްޓާ މައިތިރިކުރާކަމަށް ބުނާ ކުރެހުން. މީލާދީ 1818 ވަނަ އަހަރު ކިންގް ޖޯޖް ތަޢާރަފްކުރި މި ޞަލީބުގައި ނަޞާރާއިން އެބުނާ ޝައިޠާނާއަކީ މުސްލިމުންނަށް އެމީހުން ނިސްބަތްކުރާ އެއްޗެއް. އެމީހުންގެ ނަޒަރުގައި މުސްލިމުންނަކީ ޝައިޠާނުން. އެކަމަކު، އެ ޞަލީބަށް އަޅުގަނޑުމެން ރާއްޖޭގެ ގިނަ ބަޔަކު ރުހި ޤަބޫލުވެ އެ ރިސީވްކުރަން އެމަންޒަރު އަޅުގަނޑު ޓީވީން ދެކުނިން. އާދެ، ދެން އޮތް އެޞަލީބުގެ ނަން ނިސްބަތްވާ ދެވަނަ ފަރާތް. އެއީ މައިކަލް އާދެ، ޞަލީބު. އަނެއް ފުށުގައިވަނީ ޑްރޭގަން ނުވަތަ ހަތްބޯރާއްސަކާއެކު މިބުނި މައިކަލްގެ ކުރެހުން. އެއީ އެ ހަނގުރާމައިގައި މުސްލިމުންގެ މައްޗަށް އެމީހުން ހިތްވަރާއި ގަދަކަން ދައްކައިދޭކަމަށް ޤަބޫލުކުރާ އެއްޗެއް." ކަމަށެވެ.

 ރައީސުލް ޖުމްހޫރިއްޔާ 1997 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިދެންނެވި ލަޤަބާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވެއެވެ. ތަޖުރިބާކާރުން ދިރާސާކުރައްވާ، ވިދާޅުވެފައިވަނީ 27 ޖުލައި 1997 ގައި އިގިރޭސިން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލިގެންދާގޮތަށް އެންގުމެއް އިޢުލާނު ކުރިއިރު ރައީސް މައުމޫނު އެލަޤަބާއި ހަވާލުވެވަޑައިގެންނެވި ސަބަބާއިމެދު އެހެންގޮތަކަށް ވިސްނުމުގެ ޖާގައޮތްކަމަށެވެ. އަދި 1998 ވަނަ އަހަރު ރާއްޖޭގައި ނަޞާރާދީން ފެތުރުމުގެ ތުހުމަތުގައި ރައީސުލް ޖުމްހޫރިއްޔާގެ ފޮޓޯގްރާފަރުއާއި މައުމޫނުގެ އަރިސްބޭފުޅެއްގެ މަސްލަހަތު އޮންނަ އޭއެމްޑީސީ ގައި ތިއްބެވި ޑޮކްޓަރުންތަކެއް ރާއްޖެއިން ފޮނުވާލަން ޖެހުނުކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

 

20 ޖެނުއަރީ 2008
ދ.‫​އަތޮޅުމެންބަރަށް އައްސަރިބަހާއި ސާބަސް އަރިސްކުރަން ތިޔަކުރާ ހިތްވަރަށް
19 ޖެނުއަރީ 2008
ދ. އަތޮޅުގެ މެމްބަރާއި ހަވާލާދީ ލިޔުއްވާފައިވާ ތިޔަ ލިޔުން ހަމަނުޖެހެއެވެ.‫ އޭނާ (މެމްބަރ) ނޫނީ މިހާތަނަށް ރާއްޖޭގައި ދީނީގޮތުންނާއި ސިޔާސީގޮތުން ތަންދޮރު އޮޅުންފިލާ ބަޔަކު ނެތްކަމަށް މިލިޔުން ލިޔުނު ފަރާތް ހީކުރީތީ ދެރަވެ ހިތާމަކުރަމެވެ.‫ ކީއްކުރަނާނީދޯ؟ އިދިކޮޅު ވިޔަސް ތިޔަވަރު ފުކެއްބޮޑު އިނގޭ.
 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd