އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
ހަބަރު
ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ހުއްދަ ނުހޯދައި ޑީއާރްޕީގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް އިހްތިޖާޖް ޓީމަށް އަންގައިފި
ހުޅުމާލެ ފެރީއަކާއި ލޯންޗެއްޖެހި 11 މީހަކަށް އަނިޔާވެއްޖެ
ޖީސީއީ އޯލެވެލް ނަތީޖާ: ބޭނުންވި ނަތީޖާ ވޭތިވެދިޔައަހަރު ހާސިލް ނުކުރެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
ނައިބު ރައީސް ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ޢާންމު ޚިދްމަތްދޭ ތަންތަން ބައްލަވާލައްވައިފި
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ރާއްޖެ ވަޑައިގެންފި
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ...
ތަފްސީލް
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ...
ތަފްސީލް
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ...
ތަފްސީލް
ދިވެހިރައްޔިތުންގެ ދެދުނިޔެ ހަލާކުވާން މިންވަރުކުރައްވާފައި ނެތިއްޔަކާ، ކިނބިގަސްދޮށުގޭ މައުމޫނަކަށް، މަޖިލިސްގެ 60 ގޮނޑިއެއް ނުލިބޭނެ!... ނުލިބިއްޖިއްޔާ ސައްޔިދީ ކަލާކޯ!!
09 މެއި 2009
މުޙަންމަދު ނަޞީރު، އއ.މާޅޮސް
ކިނބިގަސްދޮށުގޭ މައުމޫނު އެދައްކާ ވާހަކަތަކާމެދު އަޖައިބުނުވާ މީހަކުގެ ސިކުނޑިއަށް ހުންނާނީ ހަމަރަނގަޅަށްވެސް، ކުކުންފަދަ ޠާހިރު އެއްޗެއް އެޅި ތަޣައްޔަރުވެފައެވެ..... މިއަދަކު ދެން ވޯޓުދޭންވީ މިވެނިގޮތަކަށޭ ކިޔާނެކަމެއްނެތެވެ. މިނޫސް ނުކުންނައިރު ވާނެއެއްޗެއް އޮންނާނީ ވެނިމިފައެވެ. އެހެންވީމާ މިއަދުއޮތީ އެންމެ ވާހަކައެކެވެ. އެއީ، މައުމޫނަށް މެޖޯރިޓީ ނުލިބިއްޖިއްޔާ ކަލާނޯއޭ ބުނުމެވެ. ލިބިއްޖިއްޔާ (ހުވާކޮށްފައި ބުނުމެވެ.) ދިވެހިރައްޔިތުންގެ މިދުނިޔެއާއި ފަހުދުނިޔެއާ ދެދުނިޔެ ހަލާކުވާނެއެވެ. އަޅެ، މިދޮގެއްހެއްޔެވެ. ކަލޭމެންކުދިން އުފަންވީ އެދުމަޤްރާޠުގެ ތެރެއަށެވެ. އެމައިނޯރިޓީގެ ތެރެއަށެވެ. ކިނބިގަސްދޮށުގޭ މައުމޫނަށް ވެރިކަން ލިބިގެން، ފުރަތަމަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުއޮތީ 1980މ ވަނައަހަރުއެވެ. އޭގެފަހުން ބަރާބަރު 5 ފަހަރު، މައުމޫނުގެ ދުމަޤްރާތުގެދަށުން އިންތިޚާބު ބާއްވައިފިއެވެ. ހުރިހާ ފަހަރަކުވެސް، އެކެއްދެމީހެއްނޫނީ، މުޅީންވެސް "ސަރުކާރުގެ ސިޔާސަތު ދަންނަމީހުން"ނެވެ. އެދުވަސްވަރު، އެބޮޑު އަޣުލަބިއްޔަތު އޮވެގެން ކަންކަން ކުރިގޮތުގެ ކުޑަދެތިންވާހަކައެއް ކަލޭމެންގާތު ބުނެދޭނަމެވެ. އަޣުލަބިއްޔަތުހޯދީ، ކުޑަކާފު ބޮޑުކާފުންނެވެ. އެއްބައިވަންތަ އެއްބައެއްވަންތަ ވަޙްދަތަކުންނޫނެވެ.
ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ވެރިކަން އަމިއްލަ މަންސަފާއަށް ވައްދާލުމަށްޓަކައި، ރައީސް އިބްރާހީމް ނާޞިރު އޮރިޔާންކޮށްލުމުގެ މަޝްރޫޢެވެ. އިބްރާހީމް ނާޞިރު، ދިވެހިޤައުމަށް ވެފައިވާ ޚިޔާނާތް ހޯދައިބަލައި ތަޙްޤީޤުކޮށް އިންސާފުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއް ނެގިއެވެ. އެކޮމެޓީން، އިބްރާހީމް ނާޞިރުގެ މުޅި ޙަޔާތް އޯޑިޓް ކޮއްލިއެވެ. އަދި ނެތްހާޒިރުގައި ސަރިއަތަށް ފޮނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އެބުނާ މެޖޯރިޓީ މައުމޫނަށް ލިބުނީމާ، މަޖިލީހުން ފުރަތަމަ ކުރިކަމަކީ މިއެވެ. ރަނގަޅެއްނޫން ހެއްޔެވެ.
ދެވަނައަށް ކުރިކަމަކީ، އަރިއަތޮޅު މެންބަރު ޢަލީ މުޙައްމަދު ހުށަހަޅައި، އިބްރާހީމް ނާޞިރަކީ ބޮޑުވެގެންވާ މުޖްރިމެއް ކަމަށްބުނާ ޤަރާރެއް، މަޖިލީހުގެ އިއްތިފާޤުން ފާސްކުރުމެވެ. ވީއިރު، ނާޞިރަކީ ދިވެހިރާއްޖެއިން ތިންހަތަރު އަތޮޅު ވަކިވެ، ވަކިސަރުކާރެއް ހަދާފައިވަނިކޮށް، ދިވެހިސިޔާދަތު އަނބުރާ ހޯއްދަވައި، ހަތްދިހަ އެތައް އަހަރެއްގެ އިސްތިޢުމާރުން ދިވެހި ޤައުމަށް ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވި، މިނިވަންކަމުގެ ލީޑަރެވެ. މައުމޫނުގެ މެޖޯރިޓީއޮތް މަޖިލީހަކަށް އެގޮތެއް ނޭނގެއެވެ. ކިހާ ހެއްވާ ހެއްޔެވެ.
ދެންކުރިކަމަކީ، އޭރު ދުނިޔޭގައި ތިބި، ކިލެގެކަމުގެ އިއްޒަތް ލިބިފައިވާ ފަރާތްތަކުން އެކަން ނިގުޅައިގަތުމުގެ ބިލްފާސްކުރުމެވެ. މައުމޫނު ހަދާ އެކުލަވައި، މަޖިލީހަށް ފޮނުވި، ޤާނޫނުނަންބަރ 79/21 (79-2-16) އިއްތިފާޤުން ފާސްކުރިއިރު، މައުމޫނުގެ ވެރިކަމަށްވީ އެންމެ 3މަހާއި 5ދުވަހެވެ. މިއީ "ކިލެގެކަމުގެ އިއްޒަތްދެވިފައިވާ މީހުންގެތެރެއިން މިހާރުދުނިޔޭގައި ތިބި މީހުންގެކިބައިން ކިލެގެކަމުގެ ޢިއްޒަތް ވަކިކުރުމުގެ ޤާނޫނު" އެވެ. ހަމައެކަނި ބޭނުމަކީ، ރައީސް ނާޞިރުގެ ނަމާގުޅުވާފައިވާ ސުމުއްވުލްއަމީރު.... ރަންނަބަނޑޭރި ކިލެގެފާނުކަން ވަކިކޮށްލުމެވެ. ދެންއޭރު ކިލެގެކަމުގައި ތިބީ، އިގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގައި އެންމެ ގަދަފަަދަޔަށް ޤައުމީ މަސައްކަތް ކުރެއްވި ތިންވެރިންނެވެ. އިބްރާހީމް ނާޞިރަށް ރަންނަބަނޑޭރިކަމަށް ކޮލިލީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރިވެރިޔާ (ނޣޢވ.ގެ) ލަޤަބާއި، ރަންނަބަނޑޭރި ކިލެގެކަންދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން 28 ޖުލައި 1965ގައި ފާސްކުރުމާއި ގުޅިގެންނެވެ. ރަސްމީގޮތުން، ކޮލިކަލޭފާނު (ބާބާގޭ ދޮންމަނިކު) އެކޮލިލާފައިވަނީ 9 އޯގަސްޓް 1965ގައެވެ. އެކަންއުވާލީ، މައުމޫނުގެ ހިތުގައި ނާޞިރުގެމައްޗަށް އޮތް ހަސަދަވެރިކަން ފިލުވާލުމަށްކަމަށްވިޔަސް، މައުމޫނުގެ މަޖިލިސް މެޖޯރިޓީ އެކަން ފާސްނުކުރިނަމަކަ އެކަމެއްނުވީހެވެ. މައުމޫނު ވެރިކަން ފަށައިގަތީ މިކަހަލަ ބަދަލުހިފުމުގެ "މާތްވެގެންވާ" ރޫޙެއްގައެވެ. ކާމިޔާބުކޮށްދިނީ، މަޖިލީހުގެ މެޖޯރިޓީއާއި މައިނޯރިޓީއެވެ. މިއަދު، ވާނީ ވަކިކޮންގޮތެއްހެއްޔެވެ. ހަމަ އެމައުމޫނެވެ.
މަޝްހޫރު ނޫޤާނޫނުއަސާސީ 17 އަހަރުން ހެދިހެދުން، ދުނިޔެ ސިއްސުވާލިއެވެ. ރޯމަނާއި މިޞްރުގެ ޤަދީމީ ޤާނޫނުއަސާސީވެސް އެއަށްވުރެ އަވަސްވާނެއެވެ. މައުމޫނުގެ މެޖޯރިޓީ، 17 އަހަރުން ނޫޤާނޫނުއަސާސީ ދުސްތޫރުހަދައި، ނަމޫނާ ދުމުޤްރާޠު ފާސްކޮއްލިއިރު.... ތިންބާރު ކިނބިގަސްދޮށުގެއަށެވެ. ސިފައިންނާއި ފުލުހުންނާއި ޖަލުތަކާއި ގޮޅާފޯހާއި ސުޕްރީމް ކޯޓު އެގެއަށެވެ. އެއްވެސްހާލެއްގައި ކަށްވަޅުގައިވެސް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު ގޮވައިގެން އެއްވެސް ދަޢުވާއެއް ނުކުރެވެއެވެ. މުސާރަފުޅާއި އިނާޔަތާއި ޙިމާޔަތާއި ވެލްފެއަރ އާއި ސާވިސް ޗާރޖާއި ޕޮކެޓްމަންޏާއި އިންސުއަރެންސްގެވާހަކަ ދައްކާކަށް އަމުރެއްވެސްނެތެވެ. ރަނާއި ޖަވާހިރުން، ކިސްރާ އަނޫޝަރުވާނުގެ ކޯލަށްވުރެ މޮޅުކޮށް، ހަވާގައި އުދުހޭ ޕަރީއެއްހެން އުޅުނަސް ވަރިހަމައެވެ. ނޫސްވެރިކަމެއް އޮޑިޓްކުރުމެއް ކޮރަޕްޝަން ބެލުމެއްނެތެވެ. މައުމޫނުގެ މެޖޯރިޓީ، އެމޮޅު ދުސްތޫރު ފާސްކޮށްލީއެވެ. އަދިވެސް ފާސްކުރާނެއެވެ. އެތިބީ ޑިކްޓޭޓަރުގެ އަތުން ލަވާކާންދޭ ޑިކްޓޭޓަރުންނެވެ.
އެންމެފަހުން، ތިމާމެންގެއަތުން ކިއްސަރުކޮށް ބައްޓަންކުރި މަގުޗާޓު ފުޅައްތަކުބޭރަށް ދުއްވާލީހަމަ އެމެޖޯރިޓީއެވެ. އިސްލާޙީ އެޖެންޑާފުޅާ މުޅީން ފުށުއަރާގޮތަށް، ތުރީވިޕްލައިން ކޮނޑަށްލައިގެން އައިސް ޤާނޫނުއަސާސީ، ޚުންސާއަކަށް ހެދީ އެމެޖޯރިޓީއެވެ. "މަންމަގެ އުނގުން ފެށިގެން ކައްވަޅަށްދާންދެން ވެރިކަންކުރާށޭ" އޮންނަ ޝިޢާރާ އެއްގޮތަށް، ހަތްތޮށިމަތިން ދިޔަސް، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެކަމުން އެންމެ ސުކުންތެއްގައިވެސް ވަކިނުވާނެހާ ގޮތްތައްބަލައި، އިންތިޤާލީބާބު ހޯޖާކުރީ ހަމަ އެމެޖޯރިޓީއެވެ. މިއަދު، ތިމަން ބޭޒާރުކޮށްފިޔޭ، އިންތިޚާބަށް ނުފޫޒުފޯރުވަނީއޭ، ވަޢުދުތަކާ ޚިލާފުވަނީއޭ ކިޔައިގެން، މޮޔަގެރިގަނޑެއްހެން ދުނިޔޭ އެންމެނަށް ސިޓީފޮނުވައި، ލާހޭރެންޖެހުނީ އެހެންވެގެންނެވެ. އަމިއްލައެދުމުން ބޮލާފޮށާއެޅީމައެވެ. އިންތިޤާލީ މަރުޙަލާގައި، ދާއިމީ ރައީސެއް ހުންނަގޮތަށް، އިންތިޤާލީބާބު އިދިކޮޅަށް ބާއްވައިގެން، އެއްކަލަ މެޖޯރިޓީ ފާސްކުރީ، ހިތުން ތިމަންމެން އެފޮނިމީރު މާމުއިކާންކަމަށެވެ. ހިމާރަކަށް ދޮންކޭލެއް ނުކެވޭނެޔޭ ބުނާގޮތަށް، ކަތިވަޅި ގެއްލި މަރިޔަބުގެއްލި ކޮށިދަނޑުގެއްލި ހެދިހުރިހާ މަކަރުހީލަތް ބޮލާއެޅި ބޭޒާރުވެ ފަޟީޙަތްވީ ހަމަ އެމެޖޯރިޓީގެ ސަބަބުންނެވެ. މިއަދު، އިންތިޚާބަށް ނާޖާއިޒުނުފޫޒު ފޯރުވާނެ ފުރުޞަތު ސަރުކާރު ހިންގާޕާޓީއަށް ތަނަވަސްވީ، މަޖިލީހުގައި އޮތް މައުމޫނުގެ މެޖޯރިޓީގެ ސަބަބުންނެވެ. އަދިވެސްވާނީ އެހެނެވެ. "ބަޅެއްގެނަގޫ، ތެދު ސަންފާ އޮނަކަށްލައި ދަމާލިއަސް ތެދެއްނުވާނެއެވެ." މައުމޫނާއި އޭނާގެ އަޢުވާނުންނަކީ، ރައްޔިތުންގެ ލެއިން ފެންވަރައިގެންތިބި ފައްކާ ޚިޔާނަތްތެރީންނެވެ.
ތިރީސްއަހަރު ވަންދެން، މިނިވަން މުސްތަޤިއްލު އިސްލާމީ ޤައުމަކަށް ދެވުނުއަނިޔާ، މައުމޫނު ހަނދާންވޭބާވައެވެ. ދިވެހިގައުމުގެ ނަސީބެއްހުރިއްޔަކާ، ދުވަހަކުވެސް، މައުމޫނަކަށް ސިޔާސީ ބާރެއް ނުލިބޭނެއެވެ. މާތްކަލާނގެ، އެގޮތް މިންވަރު ނުކުރައްވާށިއެވެ!!
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް