އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
ހަބަރު
ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ހުއްދަ ނުހޯދައި ޑީއާރްޕީގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް އިހްތިޖާޖް ޓީމަށް އަންގައިފި
ހުޅުމާލެ ފެރީއަކާއި ލޯންޗެއްޖެހި 11 މީހަކަށް އަނިޔާވެއްޖެ
ޖީސީއީ އޯލެވެލް ނަތީޖާ: ބޭނުންވި ނަތީޖާ ވޭތިވެދިޔައަހަރު ހާސިލް ނުކުރެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
ނައިބު ރައީސް ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ޢާންމު ޚިދްމަތްދޭ ތަންތަން ބައްލަވާލައްވައިފި
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ރާއްޖެ ވަޑައިގެންފި
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ...
ތަފްސީލް
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ...
ތަފްސީލް
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ...
ތަފްސީލް
ވޭތުވެދިޔަ ތިރީސްއަހަރާއި، އޮޑިޓް ރިޕޯޓްތަކާއި، 60 ގޮނޑި
• ރިޔާސީ 6 ދައުރު ތަޅާބުރުއްސާލިއިރު، މަޖިލީހުގެ މައިނޯރިޓީވެސް އޮތެވެ. ޤައުމު ބައްޓަން ކުރި ކިއްސަރުގަނޑު އެފެންނަނީ އޮޑިޓް ރިޕޯޓުންނެވެ.
06 މެއި 2009
މުޙަންމަދު ނަޞީރު، އއ.މާޅޮސް
ޤައުމެއްގެ ވެރިކަން ލިބުނީމާ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އިންސާނިއްޔަތާއި، ބައިނަލްއަޤްވާމީ ހަމަތަކާއި، ތަނުގެ ޤާނޫނުއަސާސީއާ އެއްމަގުން، ހަމަހަމަ ކަންމަތީ މިނިވަން ޢަދުލުވެރި، އިންޞާފުހުރި ތެދުވެރި ވެރިކަމެއް ކުރަންވާނީ، ތިރީސްއަހަރު ވަންދެން މެދުނުކެނޑި ވެރިކަމުގައި ހުރުމަށްފަހު، ޕާޓީ ސިސްޓަމް އުފައްދައި، ގަދަކަމުން މުޅި ރައްޔިތުން ތިމާގެ ޕާޓީއަށް ވައްދައިގެން، އުމުރުން އަށްޑިހަ ފުރުނީމާތޯ ސުވާލު ކޮށްލެވެއެވެ. އެއިގެކުރިން، އެކަހަލަ އެއްވެސްކަމެއް ފަހެ ކުރިމަތީގައި ނެތީހެއްޔެވެ.
މީޑިޔާގެ މިނިވަންކަމާއި، އިންސާާނީ ޙައްޤުތަކާއި، ޝަރުޢީ ޢަދުލުވެރިކަމާއި، ޤާނޫނީ ހަމަހަމަކަމާއި، ދީނީ މަޞްލަޙަތުތަކާއި، އިންޞާފުވެރި ނިޔާވެރިކަމާއި، ތެދުބުނުމާ ތެދުވެރިކަމާ އަމާނާތްތެރިކަމާއި، އަމިއްލަ އެދުންތަކުން އެއްކިބާވެ ޤައުމީ އެދުންތައް ކުރިޔަށް ނެރުން، 2008 ވަނައަހަރުގެ ނޮވެމްބަރު އެގާރައިގެކުރިން ދުނިޔޭގެ އަލިކަން ނުދެކެނީ ބާވައެވެ. މިތާގައި ދުމުޤްރާޠު އުފެއްދީ ތިމަންނޭ ބުނާއިރު، ތިރީސްއަހަރުވަންދެން، ހަމަ ސަތޭކަ އެއްޕަސެންޓުގެ ޑިކްޓޭޓަރުޝިޕެއް ތިމަންނާ ހިންގީމޭ ބުނެލަން ކެރޭނަމަ ހާދަރަނގަޅެވެ. އާދަމުގެ ފާނުއްސުރެ މިހިސާބަށް، އެއްވެސް ރަސްކަލަކު އެއްވެސް ޖައްބާރަކު މިބިންމަތީގައި އަށާރަ އާލަމު ބައްރު ހިއްކެވި ހިސާބު، ހަމަސީދާ ފަސްކުޅަނދު ހަމަވާ ޚުދުމުޚުތާރިއްޔާއެއް ހިންގިނަމަ، އަލްއުސްތާޒު ޑީއާރުޕީގެ ޒައީމު ތިރީސްއަހަރު އެހިންގީ އެވައްތަރެވެ. ޢާއިލީ ވެރިކަމޭ، ހުތްފެލާލި ތޮށިގަނޑަށް ހަދާލުމޭ، ޝާހީ ގޮށްމުށުބާރޭ ކިޔަސް އެންމެ ރަނގަޅެވެ. އޭރު އެދުވަހު އެޒަމާނުގައި ރާއްޖޭން ނުލިބުނީ ކޮންއެއްޗެއް ހެއްޔެވެ. ތިންބާރަކަސް، ހަތަރުބާރަކަސް، އަޣުލަބިއްޔަތަކަސް، މައިނޯރިޓީއަކަސް އޮތީ އެމީހާގެ އަތުގައެވެ. ރާއްޖެ ބައްޓަންކުރި ކިއްސަރު މިއޮތީ ފެންނާށެވެ. ހަމައެކަނި، އޮޑިޓު ރިޕޯޓަށް ބަލާށެވެ!
ދެން އެބުނާ 60 ގޮނޑި ދިނީމާ، ވަކިން ވާނީ ކޮންކަމެއް ހެއްޔެވެ. މުޅި ސަރުކާރު ކޮރަޕްޓެވެ. ރައްޔިތުންގެތެރޭން، އެބޭގެ ކޮރަޕްޝަނުން ފޭޝަލްނުހަދާ އެންމެން ވޯޓުދިނީ، ދެންއޮތް ދުވަސްތައްވެސް އެބަލާއާފާތާ ދުރުގައި ލަަހައްޓަވާތޯއެވެ. ބަޔަކުމީހުން ޖިހާދުކޮށް ހަންކެނޑި، ދެވަރުން އެއްވަރުވެގެން ޤައުމު މިއޮތީ ސަލާމަތް ކުރެވިފައެވެ. އަނެއްކާ އަނެއްފަހަރު (އޫރު ރޯގާއަށްވުރެ ސުންޕާ) އެރޯގާގެ ތެރެއަށް ޤައުމު ވައްޓާލަން ވީހެއްޔެވެ. ހަމަޔަޤީނުން މިހިރަ ދުވާލުގެ އިރު ފެންނަހެން ފެންނަ އެއްޗަކީ، އެބޭގެއަތަށް 77 ގޮނޑީގެ ތެރެއިން 60 ގޮނޑި އަރާ ދުވަހަކީ އަނެއްކާވެސް "ފަޚުރުވެރި ކިޔުބާ ދަތުރުފުޅު ރަންއަކުރުން ލިޔާ" ދުވަސްކަމެވެ. ފުރަތަމަވެސް ފާހަގަކުރާނީ އުތީމުގައި ޤައުމީ ދުވަހެވެ. ދެން "ޤައުމީ ޒަޢީމަށް ބާއްޖަވެރިކަން އެދި...." ފަރީދާގެ އަޑުން މަދަޙަކިޔަންވީއެވެ. އަނެއްކާވެސް އެއްކަލަ "ކޮރަޕްޝަންގެ މައްޗަށް ކޮރަޕްޝަނެއް" ("އަލީގެ މައްޗަށް އައްޔެއް") އަރަން ފަށާނެއެވެ. އޮޑިޓް ރިޕޯޓްތަކަށް ބަލާލާށެވެ!
ތީމުގޭ ރިޕޯޓު، ވެލްފެއަރ ބަޖެޓާއެކު ހާމަކުރީމާ، އެބޭބުނީ "އެއީ ހުސް ދޮގު" ކަމުގައެވެ. އެންމެރަނގަޅެވެ. އެބޭ އެހެރީ ހައްޖުވެގެންހުރި މުސްކުޅިއެއްވީމާ، ގަބޫލުކުރަންވީއެވެ. ޝަރިއަތުން އަދި ގޮތެއްވެސް ނިމުނީކީ ނޫނެވެ. އެކަމަކު، ދުވާލަކު އޮފީހެއް އޮޑިޓްކުރަމުންދާއިރު، ހަމައެކަނި 7 ވަނައަހަރާ 8 ވަނައަހަރުވެސް މުޅީން މިއޮންނަނީ ކޮރަޕްޝަނެވެ. އެއްއޮފީސްވެސް ޚިޔާނާތުގެ ވަށިގަނޑުން އަރާފައެއް ނުވެއެވެ. އެހުރިހާ ރިޕޯޓަކީވެސް "އެއީ ހުސްދޮގޭ" ޒައީމު ވިދާޅުވެދާނެބާވައެވެ. ވިދާޅު ބަސްފުޅު އިއްވަވަން ކެރޭނެބާވައެވެ. ސަރުކާރުގެ 22 މިނިސްޓްރީއާއި ރައީސް އޮފީހާއި އޭގެ ދަށުގައިވާ އެތައްސަތޭކަ ތަނެއް އޮޑިޓްކޮށްލާއިރު، އެއްއިދާރާވެސް ސަލާމަތުން ލަހައްޓަވާ ހުރިނަމަ، ތީމުގޭ ރިޕޯޓަކީ "އެއީ ހުސްދޮގޭ" ބުނީމާ މީހަކު ގަބޫލުކޮށްފީހެވެ. ހަމައެކަނި، އަމިއްލައަށް ޤަރާރު ހަދައިގެން ހިންގާ ފޯމަރ އޮފީހަށް ނަޒަރެއްދޭށެވެ. ދެން، އެއްކަލަ ޓީނޭޖުގައި ކުރުދޮށިން ނަގާ އުކިދުވަސްވަރު ކިހާވަރެއް ހެދިފައި ހުންނާނެހެއްޔެވެ. އެނގޭނީ "30 އަހަރުގެ އޯޑިޓް" ވުޖޫދު ވެއްޖެނަމައެވެ. އެހެންނޫނީ ފަހުދުވަހުންނެވެ. އަނެއްކާވެސް، އެޖަރީމާ ހިންގަން 60 ގޮނޑި ދޭންވީއެވެ. ދިވެހީންނަކީ ފަހެ، މީދާކޭ އުނބެއް ބޮލަންޖަހައިގެން ތިބި ބައެއްހެއްޔެވެ. އެހެންނޫނިއްޔާ ކޮންމެވެސް ވަރަކަށް ކަންކަމާ ވިސްނާނެއެވެ. ރަނގަޅު ނުރަނގަޅު ހެޔޮނުބައި، ދަނޑިގަނޑުގެ ދެކޮޅު އެނގޭނެއެވެ. މިނިވަންނޫސްވެރިކަން ކުރަން ފޫގަޅައިގެންއުޅޭ ޒުވާނުންތައް ފަހެ ކޮބައިހެއްޔެވެ!
އިންތިޚާބީ ޕޯސްޓަރުތަކުގައި "ފަށްފަށުން ވަމުންދާ ވަޢުދުތައް ނުފުއްދޭތީ" އޭ ލިޔެފައި ހުރެއެވެ. ތިރީސްއަހަރުން ކިތައް ވަޢުދު ފުއްދި ހެއްޔެވެ. "ހަމަސް ދުވަހުން ހަމުޖްރިމުން އެބަތިއްބޭ" ބުނާއިރު، މަގުމަތީގެ ޢާއްމު މާރާމާރީއާއި، އެންމެ ދެބަނދަރުން މަސްތުވާ ޑުރަގު އެތެރެކުރުމާއި، ސަރުކާރުގެ ވަތުބަތާނަޔަށް ފެތި، ކުންފުނިތައް ބަނގުރޫޓުވެދިޔަ ކޮރަޕްޝަން އުފެދުނީ، އެކަން ދެމިގެން އައީ، އެވަބާނުފިލީ ކީއްވެގެންކަން ސަރުކާރު ހިންގުމުގައި އިސްރޯލު ކުޅުނު މީހުންނަށް ބުނެދޭން ކެރުނުނަމަ ރަނގަޅެވެ.
ސަގަރޭޕާކަށް އެެއްވެ އޮގަސްޓް ބާރަތޭރަ ހެދީމާވެސް، ހެދިގޮނޑުދޮަށަށް އެއްވެ މުޒާހަރާ ކުރީމާވެސް، މުސްކުޅި ސަރުކާރަށް އެކަން ތަރުޖަމާ ކުރެވުނީ، ޤާނޫނުއަސާސީއާ ތަޢާރުޒުވާ ޣައިރުޤާނޫނީ ޢަމަލެއްކަމަށެވެ. މިހާރު ސަގަރޭޕާކާއި ހެދިގޮނޑުދޮށަށް އެއްވެ، ޑީއާރުޕީން އެކުރާ "އަޅުކަން" ވަނީ ކޮންކަހަލަ ޢަމަލަކަށް ހެއްޔެވެ. އޭރުވެސް އިސްލާމް ދީނެވެ. މިހާރުވެސް އިސްލާމްދީނެވެ. އޭރު އެހުރިހާމީހުން ކުޑަގޮޅިން ހޭއެރުވީވެސް ހަމަ އިސްލާމްދީނާ އެއްގޮތަށް ހެއްޔެވެ. އިސްލާމްދީނާ ޚިލާފަކަށް "ސައްތައިންސައްތަ މުސްލިމު ޤައުމެއްގައި ("ހުރިހާ މާއްދާ އުވާލިޔަސް 7 ވަނަމާއްދާ އުވައެއް ނުލެވޭނެޔޭ" ޒައީމުބުނިހެން) އެއްވެސް ޢަމަލެއް ނުކުރެވޭނެ ނޫންހެއްޔެވެ. 60 ގޮނޑިއާއި 70 ގޮނޑި ދޭންވީ އަނެއްކާވެސް މިކަހަލަ މީހުންނަށެވެ. މިނިވަންނޫސްވެރިން އަނގަހުޅުވާ ބަލާށެވެ! މިނިވަންނޫސްވެރިކަން ކުރަނީ 25 ގައި ހެއްޔެވެ!
ޒައީމު 60 ގޮނޑިޔޭ ކިޔައިގެން ބުއްދި ފަސްވެގެން އެއުޅެނީ، ޒައީމުގެ 30 އަހަރުގެ ރީތި ނޫ ކޮރަޕްޝަންތައް ކޮނެނަގައިފާނެތީވެ އެއަށް ހުރަސްއެޅުމަށެވެ. ތިރީސްއަހަރު ހުސްވީ، ސަރުކާރުގެ އެއްވެސްތަނެއް އޮޑިޓްނުކޮށް، އޮޑިޓްއޮފީހެއް ހަދައިގެން މުސާރަ ދެމުންދަނިކޮށެވެ. 60 ގޮނޑި ލިބުނީމާ، ހުރިހާ މުއައްސަސާތައް ޒަޢީމުގެ ޚުދުމުޚުތާރިއްޔާގެ ދަށަށް ގެނެވޭނެ ނޫންހެއްޔެވެ. ބޭނުމަކީ އެއެވެ. 60 ގޮނޑި ނުލިބުނިއްޔާ އެބުނާ ބޮޑު ހަމުޖުރިމުން ހިފައި، އޮޑިޓް މައްސަަލަތައް ޝަރިއަތަށް ފޮނުވައި، ޢާއިލީ ގޭންގުގެ ނަމާއި ވަސް ފުހެލާނެކަން، މިހާރު، މަރުގައިމީ ވިއްޔާ ގައިމުވާނެއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް