atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
image
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ... ތަފްސީލް
 
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
image
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ... ތަފްސީލް
 
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
image
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ... ތަފްސީލް
 
އޮޑިޓަރ ޖެނެރަލްއަށް ކަޓަރުން ހަމަލާދިން މީހަކަށް ބައިމިލިޔަން ރުފިޔާ ދޭނެކަމަށްބުނާ ލިޔުންތަކެއް މަގުތަކަށް އަޅައިފި
އެކަމާއިގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް މިހާރު ގެންދަނީ ބަލަމުން: ޕޮލިސް
 
22 އޭޕްރިލް 2009
އިބްރާހިމް ވަހީދް (އަސްވާޑް)
image
އޮޑިޓަރ ޖެނެރަލް މުހައްމަދު ނަޢީމަށް ކަޓަރުން ހަމަލާދިން މީހަކަށް 50,000 (ފަންސާސް ހާސް ދިވެހި ރުފިޔާ) ދޭނެކަމަށް ބުނެ، ރޭގެ ވަގުތެއްގައި ބަޔަކުމީހުން މާލެތެރެއަށް ލިޔުންތަކެއް އަޅައިފިއެވެ. މިއީ ކޮންބަޔަކު، ކޮން ވަގުތެއްގައި ކުރިކަމެއްކަމެއް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިޝަލެއް މިއަދު ވިދާޅުވީ، އެފަދަ މައުލޫމާތެއް އެސަރވިސްއަށް ލިބިފައިވާކަމަށާއި، އެކަމާއިގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް މިހާރު ގެންދަނީ ބަލަމުންކަމަށެވެ.

ރޭގެ ވަގުތެއްގައި މަގުތަކަށް އަޅާފައިވާ ލިޔުންތަކެއްގައި މީހަކަށް ކަޓަރުން ޙަމަލާދިނުމަށާއި، އެކަން ކުރިމީހަކަށް ބައިމިލިއަން ރުފިޔާ ދޭނޭ ކަމަށާއި، އެލިއުމުގައި އެމީހާގެ ފޯނު ނަންބަރާއި، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކްގެ ފޯން ނަންބަރުވެސް ލިޔެފައިވާކަމަށް، މިއަދު މެންދުރުފަހު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނިސިޕަލްޓީގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް ޙަމަލާދިނުމަށް ބުނެފައިވަނީ ކާކަށް ކަމެއް މުނިސިޕަލްޓީގެ ރައީސް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެއީ އޮޑިޓަރ ޖެނެރަލްކަމަށް ބެލެވެއެވެ.

އާދަމް މަނިކް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސްފައިވަނީވެސް އިދިކޮޅު ޕާޓީއެއްގެގޮތުގައި، ޒިންމާދާރުކަމާއެކު އަހަރުތަކެއްވަންދެން މަސައްކަތް ކުރުމަށްފަހުގައި ކަމަށާއި، އޭރުވެސް މިހާރުވެސް އެމްޑީޕީން ވަކި ސުލޫކީ މިންގަނޑެއް ހިފަހައްޓާކަމަށެވެ. އެކަމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި އެފަދަ އަމަލުތައް ނުހިންގުމަށް އާދަމް މަނިކް ވިދާޅުވިއެވެ. އޭނާ މިއިޝާރާތްކުރައްވަނީ މިހާރު އިދިކޮޅު ޕާޓީގެގޮތުގައި ޙަރަކާތްތެރިވާ ޕާޓީތަކަށް ކަމަށް ބެލެވެއެވެ. "ޑްރަގް ނަގާ މީހުންވެސް އެބައުޅޭ މިމުޖްތަމައުގަ. އެފަދަ މީހަކަށް އެކަހަލަ ލިޔުމެއް ފެނިގެން އެފަދަ އަމަލެއް ހިންގައިފިނަމަ އެކަން ވެގެންދާނީ ވަރަށް ކަންބޮޑުވެ ހިތާމަކުރަންޖެހޭނެ ކަމަކަށް. އެހެންވީމާ އެފަދަ ކަންތަކަށް ހިތްވަރުނުދޭން އަޅުގަނޑުމެން މިދަންނަވަނީ" އާދަމް މަނިކް ވިދާޅުވިއެވެ.  

އޮޑިޓަރ ޖެނެރަލްއަށް މަރުގެ އިންޒާރުތަކުގެ ލިޔުންތަކެއް އައިސްފައިމިވަނީ، ކުރީގެ ރައީސް މައުމޫން ވެރިކަންކުރެއްވިއިރު ދިރިއުޅުއްވި ރިޔާސީ ގަނޑުވަރު، ތީމުގެ އޮޑިޓްކުރުމަށްފަހު އެރިޕޯޓް އާއްމުކުރިތާ ހަފްތާއެއްވެސް ނުވަނީހެވެ. މިކަމާއިގުޅިގެން އޮޑަޓަރ ޖެނެރަލްއާއި ގުޅުމަށް ކުރި މަސައްކަތް ނޫސް ޗާޕަށް ދިޔައިރުވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd