އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
"ހެލްޕް ޕާކިސްތާން" ގެ ނަމުގައި ރާއްޖޭގެ މީޑިއާއިން ޚާއްޞަ ޓެލެތޯންއެއް ބާއްވަނީ
މަކުނުދޫ ރައްޔިތުން ފުރަތަމަ ދުވަހުގެ ރޯދަ އަލުން ހިފަންޖެހޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ލަފާދެއްވައިފި
އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް ރައީސް ނަޝީދަށާއި ޗެއާޕާސަންއަށް ދަންނަވާފައިވާނޭކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙްތަކާއެކުވެސް ބައެއް ހުރަސްތައް އަދިވެސް އެބަހުރި: އިލެކްޝަންސް
ކޮލިފިކޭޝަން އޮތޯރިޓީގެ އައު ބޯރޑުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 2 މީހަކު ހައްޔަރުކޮށްފި
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ...
ތަފްސީލް
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ...
ތަފްސީލް
ޒައީމުގެ ވަތޯޑި ހަލާލައި، ބިންގާ ފުށުން ޖެހެނީ!
20 އޭޕްރިލް 2009
މުޙަންމަދު ނަޞީރު، އއ.މާޅޮސް
• ޢާއިލާ އާއި ޕާާޓީ މެމްބަރުންނަށް ވެލްފެއަރ ބަޖެޓުގެ 50 ޕަސެންޓު ހޭދަކުރީމާ، ނިކަމެތިންގެ ޙާލަތު ރަނގަޅުވޭ!
• ޒައީމަށް މަދަހަކިޔާ، ރައީސް ނަޝީދަށް މަލާމަތްކުރާ ހަވީރު ފޮޅިފިހާ ބިމުގެ ވައްކަން ފަޅާއަރައިފި!
• ފޯމަރ އޮފީސް އުވާލައި، ޢިނާޔަތްތަކާއި ޙިމާޔަތްތައް ހުއްޓާލުމަށް އެމްޑީޕީން އިލްތިމާސްކުރޭ!
ޒައީމުގެ މިސްކިތު ހުޅުޖެހިމީހާ ހެދިގެން "ތިމަރަތިމަރަ" ކިޔަމުން ފޮނިކަނޑަނިކޮށް އަނެއް އެތިފަހަރު އައިސް ލައިގެންފިއެވެ. "ބަލިފައިމައްޗަށް ފޮއި" ވެއްޓޭ އުސޫލުންނެވެ. ތީމުގޭ އޮޑިޓު ރިޕޯޓު ހާމަކޮށްލިއިރު، ކަމަކުދާކަށްނެތެވެ. ޒަޢީމުގެ ދުމުޤްރާޠީ ސިޔާސަތު މުޅީންނަހަމައެވެ. ވެލްފެއަރ ބަޖެޓްގެ މަޤްޞަދަކީ ސިޔާސީ ގޮންޏަށް ގިނަމަސް ވެއްދުމެވެ. ޝާހީޢާއިލާގެ ބޭފުޅުން އަރާމު ކުރުމެވެ. ސަނާކިޔާ ރައްޓެހި ރަހުމަތްތެރިން އުފާކޮށްދިނުމެވެ. ބަހަނާއަކަށް އޮންނަނީ، ނިކަމެތިންގެ ޢާއްމު ޙާލަތު ރަނގަޅުކުރުމެވެ. ސީނިއަރ މިނިސްޓަރުގެ ދެމަފިރިން އައިނެއް ހަދާލުމަށް 6905 ސިންގަޕޫރު ޑޮލަރ ޚަރަދުކުރިއިރު، ނިކަމެތިން އާދޭސްކޮށް ރުއިމާ، ދެންޏާދެނީ ދެކޮޅު ޓިކެޓާ 300 ޑޮލަރެވެ. ރާއްޖެއިން ފަރުވާ ލިބެންނެތްކަމުގެ ޑޮކްޓަރު ރިޕޯޓު އޮވެގެންނެވެ.
އަހަރެންގާތު، ރައްޓެއްސަކު ބުނިގޮތުގައި، އޭނާގެ އަންހެންދަރިފުޅުގެ އެތެރެހަށީގެ މައްސަލައެއްގައި، ބޭރަށްދިއުމަށް ލަފާދީފައިވާ، ޑޮކްޓަރު ރިޕޯޓާއެކު، ތީމުގެއަށް ސިޓީލީމާ (2007 ވަނައަހަރު) ދިން ޖަވާބުގައި އޮތީ، އެހާބޮޑެތި ކަންތައްތަކަށް އެހީވެވެން ނެތްކަމުގައެވެ. ހަމަ އެދުވަސްވަރު، އެމީހުންގެ ރަށުގެ މީހަކު، ޚާއްޞަ މަޖިލީހުގެ ޑީއާރުޕީ މެމްބަރަކަށްވީތީ، އޭނާގެ ޅިޔަނަކުގެ އިންޑިޔާ އަނބިމީހާ ވިހަން އިންޑިޔާއަށް ދިއުމުގެ ދެކޮޅު ދަތުރު ޚަރަދު ތީމުގެއިން ދީފައިވެއެވެ. މިމެމްބަރުމީހާ، މެމްބަރުކަން ލިބުމުގެކުރިން، ތީމުގޭ ވެލްފެއަރ ބައިގެ މަތީ ދަރަޖާގެ އަންހެން މުވައްޒަފަކާ ރައްޓެހި ރަހުމަތްތެރިވެގެން، މެމްބަރުމީހާ ބޭނުންވަރަކަށް ވެލްފެއަރ އެހީ (އިންޑިޔާގެ ދެކޮޅު ޓިކެޓާ 300 ޑޮލަރ) ހޯދަމުން ގެންދިޔައެވެ. މީނައަށް މެމްބަރުކަން ލިބުނުފަހުން، ޑީއާރުޕީއަށްވަދެ ޕެޓިޝަންގައި ސޮއިކުރި ދުވަހުންފެށިގެން، މުޅި ޢާއިލާގެ އެންމެންނަށް ސިލޯނާ އިންޑިޔާއާ ބެންކޮކުން ތީމުގޭ އެހީގައި ބޭސްފަރުވާ ކޮށްދީފައިވެއެވެ. ވީއިރު، މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ޢާއިލާގެ މެމްބަރުންނަށް ކިހާވަރެއް ކޮށްދީފައި ހުންނާނެހެއްޔެވެ.
މިދާދިފަހަކުން 2008 ގެފަހުކޮޅު، ބ.އަތޮޅުގެ ރައްޔިތަކު ބޭރަށް ދިއުމަށްޓަކައި، ޑީއާރުޕީގެ ނައިބުޒައީމު ކައިރިއަށް ދިއުމުން، ވެލްފެއަރ އެހީގައި ހަތަރުމީހުންނަށް 8 ޓިކެޓު ހޯދައިދިނެވެ. ޒައީމުގެ ބޮޑުބޭބެ ކުއްޖަކު، އޭނާގެ އަންހެނުންނާ ދެދަރިން ގޮވައިގެން 15 ދުވަހު ސިންގަޕޫރުގައި ހުރެފައިއައިސް އަހަރެންގާތު "ހާދަޚަރަދު ބޮޑޭ" ބުންޏެވެ.
މިއީ، އިބްރާހީމް ނާޞިރު ރައީސްކަމުގައި އުފެއްދި "ވެލްފެއަރ ބަޖެޓުން" ޒައީމު ކަންކުރާގޮތެވެ. ޒައީމުގެ ކުރިމަތީގައި ވެލްފެއަރ ބަޖެޓަކީ "ރިލެކްސް ބަޖެޓެކެވެ." އޮޑިޓް ރިޕޯޓު އެއޮތީ ކުރިމަތީގައެވެ. އެކަމަކު، ޒައީމު ބުނަމުން އިންޓަރވިއު ދެމުންއެދަނީ، އެއީ ކެމްޕޭނެއްކަމުގައެވެ. އިންތިޚާބަށް ގާތްވުމުންކުރާ ކަމެއްކަމުގައެވެ.
ޒައީމު އެހެންބުނަނީ، ބުނާނެތަންވެސް އޮތީމައެވެ. އޮޑިޓް ރިޕޯޓެކޭ ކަނޑުއަޅާ ރޮންޖެކޭ އެއްވަރުވާތީއެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުތަކާއި، ޑީއާރުޕީ ޒައީމުގެ ކެމްޕޭން ޚަރަދުތަކާ ވަކިނުވާތީއާއި، ހައްގުން ކަމަކާނުލައި، ޑީއާރުޕީ މެމްބަރުން ސަރުކާރު ވަޒީފާއިން ކުރިއަރުވަމުން ޕްރޮމޯޓް ކުރަމުންދާތީ، އެކަންކުށްވެރިކޮށް އޮޑިޓް ރިޕޯޓު ނެރެފައިވެއެވެ. ޑީއާރުޕީއާއި، ޒައީމުގެ ސިޔާސީ ކެރިއަރަށްޓަކައި، ބީއެމްއެލްގެ ވަތުބަތާނަޔާއެކު ލޯންދިންކަމަށާއި، އެމްޓީޑީސީ މުޅިން ހަމަޔާ ޚިލާފުކަމަށް، އޮޑިޓް ރިޕޯޓު ނެރިފައިވެއެވެ. ފިނޭހުންނާއި، މަނިޓަރީން މައުމޫނު އޭނާގެ މިތުރުންނަށް ލޯންދިން މައްސަލައާއި، ލަގްޒަރީ ލޯންޗުގެ ލޯނުގެ މައްސަލަ ނަގައި ރިޕޯޓު ނެރިފައިވެއެވެ.... އެކަމަކު، ހަމަ އެއްކަންފުޅުވެސް ނުވެއެވެ.
ޒައީމު، އޭނާ އަމިއްލައަށް ހެދި ޤަރާރުގެދަށުން އުފެއްދި ފޯމަރ ސެކްރެޓޭރިއެޓްގައި، ކުޑަވަރެއްގެ ސަރުކާރެއް ހިންގަމުންދާއިރު، ވަޠަންއެދޭ ސަރުކާރުން ބަރާބަރަށް އެއޮފީހަށް ޚަރަދުކުރެއެވެ. ޒައީމުގެ ދެމަފިރިން ސިންގަޕޫރަށް ފޮނުވައިދެއެވެ. 10 ސިފައިންނާއި ކާރެއް ދީފައިވެއެވެ. ވީއިރު، އެއީ، ސިޔާސީ ޕާޓީއެއްގެ ޒައީމެކެވެ. ދުލާގަލަމާ ހިތާޢަމަލުން ސިޔާސީ އިސްރޯލު ކުޅުއްވާ، މުޒާހަރާ ކުރުވާ، ސަރުކާރަށް ބަވާ، ފިތުނަ އުފައްދާ ސިޔާސީ ޒައީމެކެވެ. ދިންހާ އަނިޔާއާ، ކުރިހާ ދުއްތުރާލާ، ވީހާ ޚިޔާނާތާ، ކޭހާ ދޮންކޭލާއެކު، "ދުމުޤްރާޠުގައި އޮންނަނީ، އިންސާފު ޤާއިމުނުކުރާ ގޮތޭ" ކިޔައިގެން، ރައީސް ނަޝީދާ ދެވެރިން ސިޔާސީ ޑީލުހަދަހަދާ އެތިބީއެވެ. އޮޑިޓަރ ޖެނެރަލް ހުސް މަސައްކަތްތަކެއް ކުރަމުން އެގެންދަނީއެވެ. ޒައީމު އެކަހަލަ ވާހަކަ އެބުނަނީ މިހެންމިކަން ހުރީމައެވެ. އޮޑިޓަރ ޖެނެރަލަށް، މުސްތަޤިއްލުގޮތުގައި، ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުގެ ޤާނޫނީ އިޚްތިޔާރު އެބައޮތެވެ. އެންޓި-ކޮރަޕްޝަން ބޯޑަށްވެސް ފޮނުވެއެވެ. ނަމަވެސް އަދި މިހިސާބަށް މިއޮތީ، ޒައީމުގެ އޮޑިޓް ރިޕޯޓާ، ކުދިން ބަތްކައްކާ ކުޅުމާ އެއްސިފައިގައެވެ. ފޯމަރ އޮފީސް އުވާލާށޭ، އެހެންނޫނީ މުޒާހަރާކުރާނަމޭ އެމްޑީޕީން މިހާރު އެބަގޮވައެވެ.
އެކަމަކު، ކޮނުނު ކޮނުނުހެން ފަސްގިނަވެޔޭ ބުނާއުސޫލުން، ކަމަކަށްފަހު ކަމެއް މިހިރަދަނީ، ފާޅުވަމުން ހާމަވަމުންނެވެ. މައުމޫނަށް މަދަޙަކިޔައި ވައިއަޅުވަން ގުދާރުން ބާރުލާ ހަވީރު ފޮޅީގެ ޙަޤީޤަތް މިއަދު އެއޮތީ ހާމަވެފައެވެ. ސީނިއަރ މިނިސްޓަރުގެ ނަމުގައި މައުމޫނު ޕްރޮމޯޓުކުރަން އުފެއްދި، އަމާޒުގެ ދަރި ހަވީރު، އެތަކެއް އަހަރުވަންދެން، އޮލިމްޕަހުގެ ގޯތިތެރޭ ހުންނަ ޢިމާރާތެއްގައި ހިންގިއެވެ. ކުއްޔެއް ފީއެއް ސަރުކާރަށް ދައްކަންނުޖެހޭތާ، ސަރުކާރުން ފައިސާގެ އެހީދެމުން، ސަރުކާރުގެ ހުރިހާ އިޢުލާން ދެމުންނެވެ. އޮލިމްޕަހުން ނެރިގެން ދެންގެންދިޔައީ، ސީނިއަރ މިނިސްޓަރުމެންގެ "އަހުރާމު" (ޕިރަމިޑް) އަށެވެ. "އަލްޚައިރިއްޔާ" (ހެޔޮކަން) ނަމަކަށްކިޔާ 3293 އަކަފޫޓުގެ މިބިމަކީ "އިސްލާމީ އެހީތެރިކަމުގެ ގުޅުން" ނަމަކަށް ކިޔާ ޖަމްޢިއްޔާއަށް 21 ނޮވެމްބަރ 1988 ގައި މައުމޫނު ދީފައިވާ ބިމެކެވެ. މަޤްޞަދުގައިއޮތީ، ޖަމްޢިއްޔާގެ އޮފީހާއި މިސްކިތަކާއި، ކުލިނިކެއް ހެދުމެވެ. އެމަޤްޞަދުގެ ދަށުން، މަސްޖިދުލް ފާރޫޤު (މިހާރު ރޫޅާލާފައިވާ) މިސްކިތާއި، 5 ބުރި ޢިމާރާތެއް އެބިމުގައި ހަދާފައިވެއެވެ. އެޢިމާރާތުގައި މިހުރިހާތައްދުވަހު ހިންގީ "ރާބިޠަތުލް ޢާލަމުލް އިސްލާމިއްޔާ"ގެ އޮފީހާއި، ހަވީރު ފޮޅިއެވެ. "އިސްލާމީ އެހީތެރިކަމުގެ ގުޅުން" އޮތީ ކޮންތާކުކަމެއް ނޭނގެއެވެ.
ރާބިޠަތުލް ޢާލަމުލް އިސްލާމިއްޔާއަކީ، ޢަރަބި ޖުއްބާލީމީހުން ހަދާފައިވާ ޖަމާޢަތެކެވެ. މައުމޫނަކީ، އެޖަމާއަތުގެ ތައުސީސީ މެމްބަރެކެވެ. ހަވީރު ފޮޅިއަކީ، ނާޞިރު ވައްޓާލަންވެގެން، މައުމޫނާއި އޭނާގެ ސީނިއަރ މިނިސްޓަރުން ނެރުނު "އަމާޒު" އާއި "ފޯވަހި" މަރުވިތަނުން ފެޅިިނިރެވެ. އެބުނާ ކުލިނިކަކީ މިއީކަމަށް ވެދާނެއެވެ. އެގޮތަކީ، ދިވެހިބަސް އޮޅުވާލައި، ދިވެހި އަދަބިއްޔާތު ހަލާކުކުރުމުގެ ހުރިހާ ބޭހެއްދެނީ އެފޮޅިންނެވެ. ލޯކަލް މާރުކޭޓު ސަރަޙައްދުގައި ތިބޭ، ސަލާންޖަހާ މީހުންނަށް މަލާމާތްކުރަން، އެފަގީރު ނިކަމެތިންނާ އެއްސިފަވެގެންތިބެ، އެތަނަށްގޮސް ސަލާންޖެހީ، މިފޮޅީގެ ބޮޑުންނެވެ. ތުނބުޅި މީހުންގެ ރިޝްވަތު ހިފައިގެން، ޒަމާނީ ވަސީލަތްތަކާއެކު، މަސާޖުޕާލާތަކަށްގޮސް، ފައިސާދީގެން ހުރިހާކަމެއް ނަންހުސްކޮށް ކޮށްލައި އަތްދޮވެލައިގެންއައިސް "އެތަނުގައި ފުއްޕާހަންވެސް ހުއްޓޭ" ކިޔައިގެން ލިޔުނީ، އެފޮޅިފިހާ ގުރޫޕެވެ. މައުމޫނު ވެއްޓެންދެން ފައިސާގެއެހީ ދިނެވެ. ދުވަހަކުވެސް ކުއްޔެއް، ފީއެއް ދައްކާކަށް ނުޖެހެއެވެ. ރާބިޠާއަކީ، ބަރާބަރަށް ފައިސާގެ އެހީލިބޭ ގޮތްޕެކެވެ. ހުރިހާ ޚަރަދެއް ކަނޑަނީ، ރާބިޠާއިންނެވެ.
މިހާރު، ކުރާމަސައްކަތަކީ، ޒައީމު އުޑަށްއުފުލައި، ރައީސް ނަޝީދަށް ބެވުމެވެ. މިހާރުގެ ސަރުކާރަށް ހަޖޫކިޔައި، ރައީސް ނަޝީދަށް މަލާމާތް ކުރުމެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ކޮންމެދުވަހަކުހެން، ހަވީރު ވަގުފޮޅީގައި، ޤާސިމު އިބްރާހީމަށް އާޑަމަލާމާތް ކުރެއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް