އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
"ހެލްޕް ޕާކިސްތާން" ގެ ނަމުގައި ރާއްޖޭގެ މީޑިއާއިން ޚާއްޞަ ޓެލެތޯންއެއް ބާއްވަނީ
މަކުނުދޫ ރައްޔިތުން ފުރަތަމަ ދުވަހުގެ ރޯދަ އަލުން ހިފަންޖެހޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ލަފާދެއްވައިފި
އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް ރައީސް ނަޝީދަށާއި ޗެއާޕާސަންއަށް ދަންނަވާފައިވާނޭކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙްތަކާއެކުވެސް ބައެއް ހުރަސްތައް އަދިވެސް އެބަހުރި: އިލެކްޝަންސް
ކޮލިފިކޭޝަން އޮތޯރިޓީގެ އައު ބޯރޑުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 2 މީހަކު ހައްޔަރުކޮށްފި
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ...
ތަފްސީލް
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ...
ތަފްސީލް
ޑީއާރުޕީ.އަށް، ޤާސިމްއިބްރާހީމް މިހާރު ހާދަ ރަނގަޅު ވެއްޖެޔޭ!
18 އޭޕްރިލް 2009
މުޙަންމަދުނަޞީރު، އއ.މާޅޮސް
ޤާސިމްއިބްރާހީމަށް ފިނޭންސް މިނިސްޓަރުކަން ލިބުނުދުވަހު، އިބިލީސް އާދަމުގެ ފާނުދެކެ ރުޅިއައިގޮތަށް، ޔާމީނު އޮތީ ޤާސިމު ދެކެ ރުޅިއައިސްފައެވެ. ވަގުތުން، ޕީއޭ. ހަދައި، 11 މެމްބަރުން ގޮވައިގެން (ޑީއާރުޕީގެ ރަޖިސްޓަރީން ނުކެނޑި) ޑީއާރުޕީއާ ވަކިވީއެވެ. އޭރު، ޔާމީނުގެ ޕީއޭ.އިން ޔާމީނާއި ޔާމީނުގެ އަޢުވާނުންއެކުގައި، ދުލާގަލަމުން، ކަރުދާހާއި ސައިޓާއި މަޖިލީހުގައި، ޤާސިމާ ދިމާއަށް ގޮވިހަޑިހުތުރު ބަދުނާމުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. ޔާމީނުގެ ތުއްތުދޮންބެ ދޫކޮށް، އެބެއާ، އެބޭގެ އަންހެނުންނަށް އާޑަފުރައްސާރަކޮށް، އިޤްތިޞާދީ ގޮތުން ޤައުމު ދަރުވައި ވިއްކާލި ވާހަކަ ރޭނިދިނުނިދާ ގޮވީ، ޤާސިމުއިބްރާހީމް، ފިނޭންސް މިނިސްޓަރުކަމުގައި ހުރީމައެވެ. އެކަމަކު، އެހައްރޭ، ޔާމީން ހެދިގޮނޑުދޮށުގައި، ތުއްތުދޮންބޭގެ ވާތްދަށުގައި ދެވަނަ ވަޒީރުގެ މަޤާމުގައި އިނދެގެން، ޤާސިމްއިބްރާހީމަށް އޮތީ ތަޢުރީފުކޮށްފައެވެ. މައުމޫނުގެ ދައުރު ނިމެންދެންވެސް، އިޤްތިޞާދު އޮތީ ހަތްވަނަ އުޑުގައި ކަމަށާއި، ޤާސިމަކީ މޮޅު ފިނޭންސް މިނިސްޓަރެއްކަމަށް ޔާމީން އޮތީ އަޑުގެ ކޮޅަށް ގޮވައިފައެވެ. މިއީ އެންމެ ބޮޑު މައްސަލައެވެ.
ރައްޔިތުން މަޖިލީހުން 60 ގޮނޑި ހޯދައިގެން ދިވެހިރާއްޖެ އަލުންބަލުން ބައްޓަންކުރަން ދެބެންވެގެން ރާވައި 77 ދާއިރާއަށް 100 ކެންޑިޑޭޓުން ނެރުނުއިރު، އދ.މާމިގިލި ދާއިރާއަކަށް ޑީއާރުޕީ.އާއި ޕީއޭ. ކެންޑިޑޭޓަކު ނުނެރެއެވެ. (ދ.އިރުމައްޗަކަށްވެސް ނުނެރެއެވެ.) ސަބަބަކީ، ޤާސިމު އިބްރާހީމް ޑީއާރުޕީގެ ނައިބުޒައީމުކަން ކޮށްފައިއޮތުމެވެ. (ކުޑަފަރީ ސިޔާމުވެސް އެކަންކުރީމައެވެ.) ޤާސިމުއިބްރާހީމް (އާއި، ކުޑަފަރީ ސިޔާމު) ނައިބުޒައީމުކަން ކުރީމާ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އިނދެވަރިކުރި މީހާގެ މައްޗަށް އޮތްލޯބި އޮތީމައެވެ. ކިހާރަނގަޅު ހެއްޔެވެ. ސުލޫކީ މިންގަނޑުވެސް ބޮޑެވެ. މާމިގިލި ދާއިރާއާއި، ދ.އިރުމަތީ ދާއިރާއަށް ޤާސިމާއި ސިޔާމު ކުރިމަތިލާފައި އޮއްވާ އެހެންބަޔަކު ކުރިމަތިލައިގެން ކުރެވޭނީ، ހުސް މަސައްކަތްކަން، ޑީއާރުޕީއަށް އެނގޭނެއެވެ. އެކަމަކު، ބަހަނާއަކީ، އެދެމީހުންނަށް އިޙްތިރާމު ކުރުމެވެ. ޤާސިމުއިބްރާހީމް ރަނގަޅުވި ފުރަތަމަ ކަމަކީމިއެވެ.
މިހިސާބުން އަހަރެންގެ ބޮލުގައި ރިހުނެވެ. މިހެންއޮއްވާ، އެހައްރޭ، ވިލާޓީވީއަށް ޒައީމު އިންޓަރވިއުއެއް ދީފިއެވެ. އިންޓަރވިއުގައި ބުނެފައިވަނީ، ޤާސިމު އިބްރާހީމް އަބަދުވެސް އެއީ، ޒައީމުގެ ސަޕޯޓަރެއްކަމުގައެވެ. އެކަމަކު، މިއަހަރު އެބޭފުޅާ ރައީސްކަމަށް ކުރިމަތިލެއްވީމާ ސަޕޯޓް ނުކުރެވުނީކަމުގައެވެ. ވީއިރު، ކެމްޕޭން ލޯންޗް ކުރިރޭ ވާހަކަދައްކަމުން ޒައީމު ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ޑީއާރުޕީއަށް ފުރިހަމަ ކާމިޔާބު ލިބުނުކަމަށާއި، ދެވަނަބުރުގައި އެދިމާވިގޮތް ދިމާވީ، ބަޔަކުމީހުން ދިން ހަމަލާތަކަކުންކަމަށާއި، އެޙަމަލާތައް ދިނަސް ޑީއާރުޕީއަށް އޮތް ސަޕޯޓުވީ ބޮޑުކަމަށާއި، އެޙަމަލާތަކަކީ، ޑީއާރުޕީއަށް ދިން ޙަމަލާއެއް ނޫންކަމަށާއި، އެއީ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހިރައްޔިތުންނަށް ބަޔަކު މީހުން ދިން ޙަމަލާއެއްކަމުގައެވެ. އޭގެ މާނައަކީ، ޑީއާރުޕީ ވެއްޓުނީ، ވަޠަންއެދޭ ގުޅުމުގެ ބައިވެރީންގެ މަސައްކަތުންކަމެވެެ. އެއީ، އިސްލާމްދީނާއި، ދިވެހިޤައުމާއި، ދިވެހިރައްޔިތުން ހަލާކު ކޮށްލުންކަމެވެ. މިހެންވިއިރު، އެގުޅުމުގައި، ޤާސިމް އިބްރާހީމް ފުރިހަމައަށް ޙިއްޞާކުރިއެވެ. އެހެންވީމާާ، ޒައީމުދެކޭ ގޮތުންނަމަ، އިސްލާމްދީނާއި ދިވެހި ޤައުމާއި ދިވެހިރައްޔިތުން ހަލާކުކުރަން ޤާސިމުވެސް ބައިވެރިވީއެވެ. ނަމަވެސް، އޭގެފަހުން ޓީވީ. އިންޓަރވިއުގައި ވާހަކަ ބަދަލުވެއްޖެއެވެ. މިއީ އަނެއްކަންތަކެވެ.
ޑީއާރުޕީގެ ޢާއްމުޖަލްސާއެއްގައި ޒައީމު ލެކްޗަރ ދެމުން ބުނެފައިވަނީ، މިއީ، އެމްޑީޕީ ސަރުކާރުވެއްޓި ފުނޑުފުނޑުވަމުންދާ ދުވަސްވަރެއް ކަމުގައެވެ. މިހެންމިބުނީ، ޙަސަންސައީދާއި ޤާސިމް އިސްތިޢުފާ ދިނީމާކަން އެނގެއެވެ. އެހެންވިޔަސް، ޒައީމަށްވެސް އެނގޭނެ ފަދައިން، ރިޔާސީ ނިޒާމުގެ ސަރުކާރަކީ، ކޯލީޝަން ރޫޅުމަކުން ވެއްޓޭ އެއްޗެއް ނޫނެވެ. ފަހަރެއްގައި މަޖިލީހުގެ ބާރު ދެރަވާގޮތް ވެދާނެއެވެ. ނަމަވެސް، ސަރުކާރެއް ނުވެއްޓޭނެއެވެ. އެހެންވިއިރު، ޖުމްހޫރީ ޕާޓީއާއި، ޢަދާލަތުޕާޓީއާއި، ލިބަރަލްޕާޓީއާއި، ކޮންގްރެސްޕާޓީއާއި، ޤައުމީޕާޓީގެ މިނިސްޓަރުންނާއި، ސިޔާސީވެރިން މިސަރުކާރުގައި ތިބިގޮތަށް ގުޑާނުލައި އެބަތިއްބެވެ. ޤާސިމާއި ޙަސަނު ވަކިވިޔަސް، އެދެމީހުންގެ ބައިވެރިން ސަރުކާރަކުން ނުކަނޑައެވެ. ޒައީމު މިގޮތަށް މިވާހަކަ މިދެއްކީ، ޤާސިމުގެ ބޮލުގައި ތެތް ގޯނިއަޅުވާ އުސޫލުންނެވެ. އެކަމަކު، ޤާސިމަކީވެސް ކުޑަކުއްޖެއްކަމަކަށް އަހަރެން ނުދެކެމެވެ.
ޤާސިމު، ރޫމުރަނަށް ހަދަން ޖެހުނު އެއްސަބަބަކީ، އަންނަޢާއްމު އިންތިޚާބަށްފަހު، ޖުމްހޫރީ ގުޅުމުގެ ގޮނޑިތައް ހިފައިގެން ޤާސިމު، އެމްޑީޕީއާ އެކުވެދާނެތީ ނުވަތަ މިހާރުވެސް އެއޮތް ގުޅުން ދަމަހައްޓަފާނެތީ، ގަންނާކުރައްވާ ބިރެވެ. އެއިރުން ޑީއާރުޕީ ކޯލީޝަނަށް "60 ގޮނޑި" ނުލިބިދާނެއެވެ. ޑީއާރުޕީއަށް، 60 ގޮނޑި ނުލިބިއްޖެއްޔާ، ޒައީމުގެ މައްޗަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ޒައީމުގެ ހަމެއް ދުއްވާލަފާނެއެވެ.
އަނެއްސަބަބަކީ، ހެލްތުއިންޝުއަރެންސް ސުކީމުގެ މައްސަލައެވެ. ޔާމީނު "މަސްދަޅަށް" ލާފައިހުރި ދުވަސްވަރު، އުފެއްދި ހެލްތު އިންޝުއަރެންސްގައި، ބިޑުކުރި އައިއެމްޖީއާއެކު ދާއިމީ އެގްރީމެންޓެއް ހެދުމަށް، އެމްއެމްއޭ. އިން އިންކާރުކުރިއެވެ. އޭގެ ސަބަބުން، ޔާމީނުގެ ޕުލޭން ކެންސަލްވިއިރު، އައިއެމްޖީ.އަށްވަނީ ތޮއްޑުފެނިފައެވެ. މިކަމާހެދި، އައިއެމްޖީން މައްސަލަ ޖައްސާފައިވެއެވެ. މިހާރު މިތަންވަޅު، ކެބިނެޓުން މިކަމެއް ފެންމަތިކޮށްލައިފިއެވެ. މިކަމުގައި، ޒިންމާއުފުލަންޖެހެނީ ކާކުތޯ (ޔާމީންތޯ، ޤާސިމުތޯ) ބެލުމަށް ވަޒީރުންގެ ކޮމިޓީއެއްވަނީ އުފައްދައިފައެވެ. މިއީ، ފާޑެއްގެ އިންތިޤާމެކެވެ. އައިޑީޕީ ޢުމަރުގާތު މީހަކު ނުވަތަ ބަޔަކު، ވާހަކަ ދައްކައި ހާމަކޮށްދޭން ބުނެގެން ދެއްކި، ކޮސޯވޯގެ ރިޝްވަތުގެ ވާހަކަ ފެންމަތިވާއިރަށް، ރައްޔިތުން މަޖިލީހުގެ ޤައުމީސަލާމަތާބެހޭ ކޮމިޓީން، ޔާމީން އިސްވެހުރެ މިމައްސަލައެއް ބަލަންފެށީއެވެ. ރައީސް ނަޝީދު އެއްބާރުލުން ނުދެއްވައިގެން، މައްސަލަ ކުނިވައްޓަށްލައިފީމޭ ބުނެފައި، އަނެއްކާ ބަލަންފަށައިފީމޭ ބުނީއެވެ. މިހެންވެ، ޔާމީނަށްވެސް ރޯޅިއެއް ފޮނުވައިލީއެވެ. ހެލްތު އިންޝުއަރެންސްގެ މައްސަލާގައި، ޤާސިމުގެ ތާއީދު ވަރަށްބޮޑަށް ޔާމީން ބޭނުންވާނެއެވެ.
ދެންއޮތީ، މާމުހިއްމު ސަބަބެކެވެ. އެއީ، ޤާސިމާއި ޖުމްހޫރީޕާޓީ، އެމްޑީޕީ ސަރުކާރުން ވަކިވެއްޖެނަމަ، ޢަދާލަތުޕާޓީ ވަކިވެދާނެއެވެ. އެހެންވެއްޖެނަމަ، ސަރުކާރުން ދީނީ ޙިއްޞާ ގެއްލިދާނެއެވެ. މިއީ، ވަރަށް ބޮޑު މައްސަލައެކެވެ. ޑީއާރުޕީއާއި، ޕީއޭ.އަށް، ޤާސިމު އެހާރަނގަޅުވީ، މިސަބަބުތަކާ ހެދިއެވެ.
ވީއިރު، ޖުމްހޫރީޕާޓީ އުފެދި، ޤާސިމުއިބްރާހީމް ބައިވެރިވެ، ލީޑަރުކަން ގަބޫލުކުރުމާއެކު، އެއީ، "ދުމުޤްރާޠުބިންދާ ފައިސާވެރިންގެ ޕާޓީއޭ" ގޮވަމުން، ޑީއާރުޕީގެ ކޯލީޝަން މޮޔަގެރިހެދިގެން ދުވުނުގޮތް އަދި ހަނދާން ނެތޭހައެއް ނުވެއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް